ads
ހިޔާ ފްލެޓުގައި ހުޅުވާފައިވާ ކެފޭ އެއް. ފޮޓޯ:އެޗްޑީސީ
ކާބޯތަކެތީގެ ހިދުމަތްދޭ 993 ތަނެއް އެޗްޕީއޭއިން ބަލާފާސްކޮށްފި
މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ 993 ތަނެއް ބަލާފާސްކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ފެބްރުއަރީ 19 ވަނަ ދުވަހުން ފެށިގެން މި މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަނަކީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅައި، މި މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރި ކުރުވުން ކަމަށެވެ.

މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން އެޗްޕީއޭއިން ކުރިއަށްގެންދިޔަ މި އިންސްޕެކްޝަންގައި އެންމެ ގިނައިން ޗެކްކޮށްފައިވަނީ ކެފޭތަކެވެ. އަދި ރެސްޓޯރެންޓްތަކާއި ޓޭކްއަވޭ އަދި ހޮޓާތައް ވެސް ޗެކްކޮށްފައިވެ އެވެ.

މި އިންސްޕެކްޝަންގައި އެންމެ ގިނައިން ޗެކްކޮށްފައިވަނީ މާލޭގައި ހިމެނޭ ތަންތަނެވެ. މާލެއިން ޖުމްލަ 597 ތަނެއް ބަލައިފާސްކޮށްފައި ވާއިރު، ހުޅުމާލޭން 308 ތަނަކާއި ވިލިމާލޭން 19 ތަނެއް ފާސްކޮށްފައިވެ އެވެ. އަދި ހުޅުލޭ އެއާޕޯޓުން 43 ތަނެއް ވަނީ ފާސްކޮށްފަ އެވެ.

އެޗްޕީއޭން ބުނި ގޮތުގައި އިންސްޕެކްޝަންގައި ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި އެކަންކަން އިސްލާހުކުރުމަށް، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް