ads
ބާޒާރުމަތީ މުދާ އުފުލަނީ
އަސުރުން ފެށިގެން އިޝާ ނިމެންދެން މުދާ އުފުލުން މަނާ، ޖޫރިމަނާ -/750
އަންނަ ރޯދަމަހު މާލޭ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅާ ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކޮށްފިއެވެ.

މިފަހަރުގެ ރޯދަމަހަށް މުދާ އުފުލުމަށާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައަޅާފައިވަނީ ރޯދަމަހުގެ ފުރަތަމަ ވިއްސާއި ފަހު ދިހައަކަށް ގަޑި ތަފާތުވާ ގޮތަށެވެ. 

މިނިސްޓްރީން ކަނޑައަޅާފައިވާ ގަޑިތަކަށް ބަލާއިރު ރޯދަމަސް ފެށިގެން 6 ރޯދަ ނިމެންދެން އެއްވެސް ބާވަތެއް ވިޔަފާރި މުދާ ހަވީރު 16:30 ފެށިގެން 20:00އަށް އުފުލުމަކީ މަނާކަމަކެވެ. 

ރޯދަމަހުގެ ފުރަތަމަ 19 ދުވަހު / 6 ރޯދައިގެ ތެރޭގައި 

މަނާ ގަޑިތައް: 

  • ހެނދުނު 06:30 -09:30 އަށް ، ހަވީރު 16:30 - ރޭގަނޑު 20:00 އަށް

ރޯދަމަހު ފަހު ދިހައެއްގައި

މަނާ ގަޑިތައް: 

  • ހަވީރު 16:30 - ރޭގަނޑު 20:00 އަށް

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ނިންމުމާއި ހިލާފުވާނަމަ އެ އުޅަނދެއް -/750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށެވެ. 

ރޯދަމަހުގެ ރޭތަކާއި، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ވަނީ އާއްމުކޮށްފައެވެ. 

އެ މިނިސްޓްރީން ބުނީ، ރޯދަމަހުގެ ރޭތަކުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. އަދި، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް