ads
މެސީ އަދި ހާލަންޑް
ބެލޮންޑިއޯ ލިބޭނީ މެސީ ކުޅުން ހުއްޓާލީމާ: ހާލަންޑް
އާޖެންޓީނާގެ ސުޕަސްޓާ މެސީއަކީ 'ފުޓްބޯޅަ ކުޅެން އެންމެ މޮޅު ކުޅުންތެރިޔާ' ކަމަށާއި، ބެލެންޑިއޯ ހޯދޭނީ މެސީ ކުޅުން ހުއްޓާލީމާ ކަމަށް މެންޗެސްޓަ ސިޓީގެ ޒުވާން ފޯވާޑް ހާލަންޑް ބުނެފިއެވެ.

މެންޗެސްޓާ ސިޓީގެ ފޯވާޑް ހާލަންޑްވަނީ މިދިޔަ ސީޒަންގައި މުބާރާތެއްގައި 52 ގޯލް ޖަހައި، ކުރިން ތިން ތަށްޓާއެކު ރެކޯޑްތަކެއް ހަދާފައެވެ. ނަމަވެސް ނޯވޭގެ ކުޅުންތެރިޔާއަށް 2023 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ގެއްލުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދައިދިން އާޖެންޓީނާ އާއި އިންޓަ މިއާމީގެ ތަރި ލިއޮނަލް މެސީގެ ފަހަތުން ދެވަނަ ހޯދައިގެންނެވެ.

ޓޮޕް އިންޑިވިޖުއަލް އެވޯޑްތައް ލިބުނު ނަމަވެސް ހާލަންޑް ބުނީ، މެސީ ކުޅުން ހުއްޓާނުލަނީސް، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭނާއަށް ނުހޯދޭނެ ކަމަށެވެ.

"މެސީ އަކީ މިހާތަނަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ، މެސީ ކުޅުން ހުއްޓާނުލަނީސް ބެލެންޑޯއެއް ނުލިބޭނެ"

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް