ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ގަވައިދާއި ހިލާފަށް އުޅުނު 290 ބިދޭސީން ޑީޕޯޓްކޮށްފިން : އިމިގްރޭޝަން
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށް، ގަވައިދާ ހިލާފަށް އުޅުނު 290 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން 22 އޮޕަރޭޝަން ހިންގާފައިވާކަމަށެވެ. އަދި އޭގެއިތުރުން ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން 15 އޮޕަރޭޝަނެއް ހިންގާފައިވާކަމަށްވެސް ކޮންޓްރޯލަރ ޝައްމާން ވިދާޅުވިއެވެ. 

މި އޮޕަރޭޝަންތަކުގައި ގަވައިދާ ހިލާފަށް އުޅޭ 49 މީހަކު އަތުލައިގެންފައިވާއިރު އޭގެތެރޭގައި 3 އަންހެނުން ހިމެނޭކަމަށްވެސް ޝަމްއާން ވަހީދު ވިދާޅުވިއެވެ. އަދި މި ސަރުކާރު އައި ފަހުން މިހާތަނަށް 817 މީހުން ފޮނުވާލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިހާތަނަށް ރާއްޖެއިން ބޭރުކުރި ބިދޭސީންގެ އަދަދު 

  • 290 މީހުން (ޑީޕޯޓްކުރި)
  • 527 މީހުން ( ރީ އިންޓަގްރޭޓް ނުވަތަ ޤަވައިދަށް ފައްތާފައި ފޮނުވާލި)

ބިދޭސީން ބައި ތިއްބާ ޑިޓެންޝަން ސެންޓަރުގައި 122 މީހުން ތިބިކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 103 މީހަކާއި އިންޑިއާގެ 4 މީހަކާއި ސްރީލަންކާގެ 4 މީހެއްގެ އިތުރުން ނޭޕާލްގެ 3 މީހުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް