ads
ހަމާސް އިން ދިން ހަމަލާއެއްގައި ހަލާކޮށްލި އިޒްރޭލްގެ ޓޭންކެއް
އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާކުރަން ރާއްޖެއިން ގޮވާލައިފި
އިޒްރޭލަށް ހަތިޔާރު ވިއްކުން މަނާ ކުރުމަށް ރާއްޖެއިން އދ. ގެ އާންމު މަޖިލީހުގައި ގޮވާލައިފި އެވެ.

ރާއްޖެއިން އެގޮތަށް ގޮވާލީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މިހާރު ކުރަމުން ގެންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖޭގެ ފަރާތުން ޝާޒޭ ދެ ފެއާ އެމްބެސެޑަރު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ނަސީރު ވިދާޅުވީ އ.ދ ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ބޭނުން ކުރުމުގެ ސަބަބުން ޔަހޫދި އިޒްރޭލުން ހިންގާ އަމަލުތައް ކުރިއަށް ގެންދިޔުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. އެގޮތުން މިދިޔަ މަހު 29، ގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ހިފައިގެންދިޔަ އުޅަނދުތަކެއް ކައިރިއަށް ދިން ހަމަލާ އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެއިތުރުން އެދުވަހުގެ ހަމަލާގައި އެކަނިވެސް ފަލަސްތީނުގެ ސަތޭކައަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައި ޒަހަމުކޮށްލާފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން ފެނާއި ކާބޯތަކެތީގެ އިތުރުން އަސާސީ ބޭނުންތަކުން ވެސް މަރުހޫމު ކުރުމަށްފަހު އިޒްރޭލުން އެމީހުން މަރަމުން ގެންދިޔުމަކީ މުޅި ދުނިޔެ ވެސް އެކަމާ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

your imageޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު އަނިޔާވެ މަރުވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިނގަމުންދާ ޖެނޮސައިޑް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އ.ދ. ގެ ސަލާމަތީ މަޖިލީހަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"ޔަހޫދީ އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވައި ޖަވާބުދާރީކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަން" ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން ނަސީރު ވިދާޅުވި އެވެ.

your imageއިޒްރޭލުގެ އަސްކަރީ އުޅަނދުތަކެއް

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 30،300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް