ads
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ މަލިކުގައި އިންޑިއާއިން ހެދި ކަނޑުގެ ސިފައިންގެ މަރުކަޒުގައި ބަދަރުކޮށްފައިވާ އަސްކަރީ އުޅަދެއް
މަލިކުގައި ހެދި އަސްކަރީ މަރުކަޒު ހުޅުވައިފި
ރާއްޖެއާ ޖެހިގެން މި އޮންނަ މަލިކާއި ލަކްޝަދީޕުގެ އިތުރު ރަށެއް ކަމަށްވާ އަގާތީގައި ހެދި އަސްކަރީ މަރުކަޒު ހުޅުވައިފި އެވެ.

މަލިކު އޮންނަނީ ރާއްޖެއާ އެންމެ 125 ކިލޯމީޓަރު ދުރުގަ އެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނާއި މަލިކުގެ ދުރުމިނަކީ 80 މޭލެވެ. ރާއްޖެ އާއި އިންޑިއާގެ އިގްތިސާދީ ސަރަހައްދު ވަކިކުރާ މެރިޓައިމް ބޯޑަރާއި މަލިކާ ދެމެދުގައި އޮންނަނީ 40 ވަރަކަށް މޭލުގެ ދުރުމިނެވެ. 

މަލިކުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައި މި ވަނީ، އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެންނަން ފަށާފައި ވަނިކޮށެވެ.

your imageރާއްޖެއާ އެންމެ 125 ކިލޯމީޓަރު ދުރުގައި އޮންނަ މަލިކުގައި ގާއިމުކުރި އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒު. 

"މިއީ ލަކްޝަދީބާ އެކު އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ ހަރަކާތްތެރިކަން އިތުރުކުރުމުގެ އިތުރުން އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރަން އެޅި މުހިންމު ފިޔަވަޅެއް،" އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ މަލިކުގައި އިންޑިއާއިން ހެދި ކަނޑުގެ ސިފައިންގެ މަރުކަޒާ ގުޅޭގޮތުން އިންޑިއާ ނޭވީން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަލިކުގައި އިންޑިއާގެ ކަނޑުގެ ސިފައިން ގާއިމުވެ ތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު މިއީ އިންޑިއާ ކަނޑުގައި އިންޑިއާގެ އަސްކަރީ ބާރު އިތުރުކުރަން، ނޭވަލް ބޭސްއެއް އިންޑިއާއާ އެހާ ދުރުގައި ގާއިމުކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި މިއީ އިންޑޯ-ޕެސިފިކް ސަރަހައްދަށް ބާރު ފޯރުވުމަށާއި މެރިޓައިމް ސެކިއުރިޓީ ގާއިމުކުރަން އިންޑިއާގެ ޖަޒީރާ ރަށްތައް ބޭނުންކުރަން މޯދީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަރާބަރަށް ފެތޭ ނިންމުންތަކެކެވެ.

"ލަކްޝަދީޕާއި މަލިކު އަދި އަންޑަމަންސް އެންޑް ނިކޯބާ އައިލެންޑްސް އޮންނަ ސަރަހައްދުތަކުގެ ގޮތުން އިންޑިއާއަށް މެރިޓައިމް ވިޔަފާރި ރޫޓުތައް ބަލަހައްޓައި، އިންޑިއާ ކަނޑުގައި އިތުރުވަމުން އަންނަ ޗައިިނާގެ އަސްކަރިއްޔާ އާއި އެކަމަށް މަދަދުވެރިވާ ފަރާތްތަކުގެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެ އެވެ،" އިންޑިއާގެ ހިންދުސްތާން ޓައިމްސްގައި މިފަހުން ޝާއިރުކުރި ރިޕޯޓެއްގައިވެ އެވެ.

އިންޑިއާ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންތައް ރާއްޖޭގެ ސަރަހައްދީ ރޮނގާ މިހާ ކައިރި ކުރަން ނިންމީ ސީދާ ސަބަބު އިންޑިއާ ނޭވީން ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް