ads
ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ކުރާ މުހައްމަދު އަދުހަމް
އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓަށް
ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި ކަމަށް ސާބިތުވެފައިވާ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ގާސިމް މަރާލިކަން ސާބިތުވެފައިވާ އަދުހަމްގެ މަރަން ކުރި ހުކުމް ދައުލަތުން ހައިކޯޓަށް ހުށަހެޅީ، އެ ހުކުމަކީ ނިހާއީ ހުކުމަކަށް ކަނޑައެޅުމަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ މި ހަފްތާގައެވެ.

އަދުހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާ އެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީ އެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިން ވެސް ވަނީ މަރަށް މަރު ހިފުމަށް އެދޭ ކަމަށް ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސްދީފަ އެވެ.

ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. 

އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށް ވެސް އަދުހަމް ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް