ads
ނަޑާލް
މެޗުގެ އެއްދުވަސް ކުރިން ނަޑާލް މުބާރާތުން ވަކިވެއްޖެ
ހުކުރު ދުވަހު މިލޮސް ރައޮނިކްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ބުރުގެ މެޗުގެ 24 ގަޑިއިރު ކުރިން ރަފައެލް ނަޑާލް އިންޑިއަން ވެލްސް އިން ވަކިވެއްޖެ އެވެ.

އުމުރުން 37 އަހަރުގެ ނަޑާލް ވަނީ އަނިޔާގެ ސަބަބުން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ނުކުޅެ ހުރުމަށް ފަހު، ޖެނުއަރީ މަހުގެ ބްރިސްބޭން އިންޓަނޭޝަނަލްގައި ކުޅެފައެވެ. ނަމަވެސް މުބާރާތުގައި ސްޕެއިންގެ ކުޅުންތެރިޔާގެ އުނަގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެއެވެ.

އާދީއްތަ ދުވަހު ކާލޯސް އަލްކަރާޒްއާ ދެކޮޅަށް އެގްޒިބިޝަން މެޗެއް ކުޅުނު ނަމަވެސް އޭނާ އަދި "އެންމެ މަތީ ފެންވަރުގައި ކުޅެން" ތައްޔާރު ނުވާ ކަމަށް ބުނެފައިވެ އެވެ. 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އިންސްޓަގްރާމްގައި ބުނެފައިވަނީ މި މުބާރާތުން ވަކިވާން ޖެހުމުން ހިތާމަކުރާ ކަމަށެވެ.

19 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން އަށް ނުކުޅެން މަޖުބޫރުވުމަށް ފަހު މެއި މަހު ނަޑާލް ބުނީ 2024 ވަނަ އަހަރަކީ "ބޮޑަށް ބެލެވޭ ގޮތުގައި" އޭނާގެ ކެރިއަރުގެ އެންމެ ފަހު އަހަރެވެ.

މިދިޔަ މަހު ދުނިޔޭގެ އެއްވަނައިގައި ހުރި ކުޅުންތެރިޔާ ބުނީ ރިޓަޔާ ކުރުމުގެ ކުރިން ވާދަކުރެވޭނެ ކިތައް މުބާރާތް ކަމެއް ޔަގީން ނުވާ ކަމަށާއި ނަމަވެސް އެއީ "ގިނަ މުބާރާތްތަކެއް ނުވާނެ" ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް