ads
ނަޝީދު
ރައީސް މުއިއްޒު މިހާރު އުޅުއްވަނީ ވަރަށް އެކަނިވެރިކޮށް: ނަޝީދު
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އުޅުއްވަނީ ވަރަށް އެކަނިވެރިކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މިހާރު ކުރިއަށްދާ ރިޕަބްލިކް ސަމިޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިންޑިއާ ސިފައިން ބޭރުކުރަން ދިވެހި ރައްޔިތުން ބޭނުންވާތީ ނޫންކަމަށެވެ. 

ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ސޯލިހްގެ ބަލިކަަށިކަމާއި، އެމްޑީޕީ ބައިބައިވެފަ އޮތުމުގެ ސަބަބުންކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންތިހާބުއޮތް ވަގުތު އޮތް ހާލަތު މިހާރު ނެތް ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ދިވެހިން ތިބި ގޮތް އެނގިގެންދާނެކަމަށެެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ރައީސް މުއިއްޒުއާއެކު ގިނަ ދުވަހު މަސައްކަތް ކުރެއްވި ރައީސް ޔާމީން ވެސް ވެރިކަން ކުރާ ކޯލިޝަން ދޫކުރައްވާ ވަޑައިގެންނެވިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރައީސް މިހާރު އުޅުއްވަނީ ވަރަށް އެެކަނިވެރިކޮށް ކަމަށެެވެ.

76%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް