ads
އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން: ފޮޓޯ، ގާފު ސްޕޯޓްސް އެފްބީ
އެންމެ މޮޅު އެތްލީޓުންނަށް ފަސޫހާ އަދި ސާއިދު
އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިން އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހަސަން ސާއިދު އަދި އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމް، ފަސޫހާ އަހުމަދު ހޯދައިފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގައި ސާއިދު ތަމްސީލް ކުރީ ދިވެހި ސިފައިންގެ ކްލަބެވެ. އަދި އެތުލީޓުގެ މަގާމް، ހޯދި ފަސޫހާ އަހުމަދަކީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މެންބަރެކެވެ. ސާއިދު ވަނީ، މި ފަހަރު ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ، 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ އިތުރުން، 4 ގުނަ 100 މީޓަރު ދުވުމުން ހޯދި މެޑަލްތަކެވެ.

ފަސޫހާ މި ވަނީ ގައުމީ ލެވަލްގައި ޖެހިޖެހިގެން ދެ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ. މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ކުރިން، އެންމެ ފަހުން، ބޭއްވި ގައުމީ ގްރޯން ޕްރީގައި ވެސް އެއް ވަނަ އަންހެން އެތުލީޓަކީ، ފަސޫހާ އެވެ. ފަސޫހާވަނީ 800 މީޓަރާއި 1500 މީޓަރު އަދި 5000 މީޓަރު ރޭހުން ރަން މެޑަލް ހޯދައި، ހަތަރެއް ގުނަ 100 މީޓަރުން ލޯ މެޑަލާއި ހަތަރެއް ގުނަ 400 މީޓަރުގެ ރިލޭ އިން ރިހި މެޑަލް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް