ads
ޑި ބްރޭނާ ހޯދުމަށް ސައުދީން 100 މިލިއަން
ޑި ބްރޭނާ ހޯދުމަށް ސައުދީން 100 މިލިއަން
ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހޯދުމަށް އަނެއްކާވެސް ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އުމުރުން 32 އަހަރުގެ ޕްލޭމޭކަރަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ސިޓީގެ ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއެކެވެ. އެނގިފައިވާ ގޮތުގައި ސައުދީ ކްލަބުތަކުގެ ލީގުގެ މަގުބޫލުކަން އިތުރުކުރުމަށް އަންނަ ސީޒަނަށް ބޮޑެތި ހަރަދުތަކެއް ކުރަން ތައްޔާރުވަމުންދާއިރު ޑިބްރޭނާއަކީ އެ މީހުންގެ ޓޮޕް ޓާގެޓެކެވެ. 

ރިޕޯޓްތައް ބުނާ ގޮތުން ސައުދީ ކްލަބުތަކުން 100 މިލިއަން ޕައުންޑް އަގެއް އޭނާއަށް ހުށަހެޅުމަށް ތިބީ ތައްޔާރަށެވެ. 

ޑިބްރޭނާ ވަނީ ސިޓީއާއެކު ފަސް ލީގު ތަށި އަދި ޗެމްޕިއަންސް ލީގު ހިމެނޭ ގޮތަށް ބޮޑެތި 13 ތަށި ހޯދައިފަ އެވެ. މެންޗެސްޓާގައި ހޭދަކުރި ނުވަ އަހަރު ދުވަހުގެ ތެރޭގައި ބެލްޖިއަމްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ވަނީ ހުރިހާ މުބާރާތެއްގައި 369 މެޗު ކުޅެ 98 ގޯލް ޖަހައި 165 އެސިސްޓް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް