ads
ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންތަކެއް ބިއުޓީ ޕާލާ އަކުން ނެރެނީ. --ފޮޓޯ: އިބްރާހިމް އައްސަދު
އައްޑޫގައި ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި
އައްޑޫ ސިޓީގައި ހަށި ވިއްކަމުން ދިޔަ ބަޔަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީގައި ހަށި ވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫއާއި މަރަދޫގައި އޮޕްރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހިތަދޫގެ ގެއެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިިހެނަކާއި، ތައިލެންޑުގެ ތިން އަންހެނުން ވަނީ ހައްޔަރު ކޮށްފައެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެންމެންގެ ބަންދަށް ވެސް 14 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނެއްގެ އިތުރުން ތައިލެންޑުގެ ދެ އަންހެނުންނާއި މިޔަންމާ ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާއިމެދުވެސް ގޮތެއް ނިންމުމަށް އިއްޔެ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލޭންޑުގެ ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާގެ އިތުރުން މިޔަންމާ ފިރިހެން މީހާ 10 ދުވަހަށް ބަންދުކުރުން އަމުރު ކޮށްފައިވަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިންޑިއާ ފިރިހެން މީހާ ހަތަރު ދުވަހަށް ބަންދުކުރަން އަމަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް މިހާރު ތަހުގިގު ކުރަމުން ދާ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް