ads
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބީއެމްއެލް މުވައްޒަފުން އިސްނަގައިގެން ހިންގި މާލެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ---- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން މާލެ އާއި އައްޑޫގައި ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބީއެމްއެލް މުވައްޒަފުން އިސްނަގައިގެން މާލެ އާއި އައްޑޫ ސިޓީ ސަރަހައްދުގައި ސާފުކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފި އެވެ.

ބީއެމްއެލްއިން ބުނީ ސާފުކުރުމުގެ މި ހަރަކާތުގެ ތެރެއިން އެއްގަމާއި ފަޅުތެރެ ހިމެނޭހެން ފަސް ސަރަހައްދެއް ސާފުކޮށް، މާލޭގެ މިސްކިތެއްގެ ބޭރުފާރުގައި ކުލަލާފައިވާ ކަމަށެވެ. އަދި އެގޮތުން ސާފުކުރި ހުރިހާ ސަރަހައްދަކުން ހަތަރު ޓަނުގެ ކުނި ނަގައި، ފަސް ޖަންބޯ ބޭގްގެ ޕްލާސްޓިކް ރީސައިކަލް ކުރުމަށް ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލެއިން ބީއެމްއެލްގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އަދި ޑައިވް ޑެސްކް އާ ގުޅިގެންނެވެ. އަދި އައްޑޫ ސިޓީގައި ބޭއްވި ސާފުކުރުމުގެ ހަރަކާތުގައި ވެސް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

your imageރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ބީއެމްއެލް މުވައްޒަފުން އިސްނަގައިގެން ހިންގި މާލެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ---- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ވަނީ މި ހަފްތާގެ ފެށުނުއިރު، ބ. އޭދަފުށި، ރ. މީދޫ، ފ. ނިލަންދޫ އަދި މ. މުލީގައި ވެސް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ސާފުކުރުމުގެ ހަރަކާތެއް ހިންގާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް