ads
މަގުތަކައް ކުނި ގިނަވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން -- ފޮޓޯ: އަޒީޒް
މާލޭގެ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދަން ޑިމޮކްރެޓްސް އިން ގޮވާލައިފި
މާލޭގެ ކުނީގެ މައްސަލަ އަށް ހައްލެއް ހޯދަން ގޮވާލާ ދަ ޑިމޮކްރެޓްސް އިން ނޫސް ބަޔާނެއް ނެރެފި އެވެ.
Advertisement

މި ނޫސް ބަޔާނުގައި އެ ޕާޓީން ބުނީ މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލާ، ކަންކަންމަތީގައި ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ މިވަނީ މުޅިން ގޮނޑުވެފައި ވާކަމަށެވެ. 

އަދި މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކުގެ ނުތާހިރުކަން އިންތިހާއަށް ބޮޑުވެ، އާންމު ސިއްހަތަށާއި، ދުޅަހެޔޮކަމާއި، މިސިޓީގެ އަހުލުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވަމުންދާ ކަމަށް ދަ ޑިމޮކްރެޓްސްގެ ނޫސް ބަޔާނުގައިވެ އެވެ.

މިދަރަޖައަށް މާލެ މުޑުދާރުވެފައިވާއިރުވެސް، ބަރަކާތްތެރި ރޯދަމަހާއި ދިމާކޮށް ސިޓީތެރެ ތާހިރު ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައި ނުވާ ކަމަށާއި ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުންވެސް ހިންގާފައެއްނެތް ކަމަށް އެ ޕާޓީން ބުނެ އެވެ.


މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތް ކަމަށް އެ ޕާޓީން ބުނެ އެވެ. 

މާލެ ކުނިގޮނޑަކަށް ބަދަލުވަމުންދާއިރު، އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މިސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް މާލޭގެ މޭޔަރު އާދަމް އާޒިމަށާއި، ސިޓީ ކައުންސިލަށް ކަންބޮޑުވުމާއިއެކު އެ ޕާޓީން ވަނީ ގޮވާލާފައި އެވެ.

"ދެމެހެއްޓެނިވި އިންތިޒާމެއްގެދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށާއި މާލެއަކީ ލިވަބަލް ސިޓީއަކަށް ބަދަލުކުރަން އަވަސް ފިޔަވަޅު އެޅުމަށް ގޮވާލަން" ދަ ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ އިން ގޮވާލައިފަ އެވެ.

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ ސާފުކޮށް މަގުމައްޗަށް ކުނި ނެރެމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، އޭޖެންސީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް