ads
އައިޖީއެމްއެޗްގެ ހޮސްޕިޓަލު އަލުން ހުޅުވުން -- ފޮޓޯ/ އައިޖީއެމްއެޗް
އައިޖީއެމްއެޗް މިސްކިތް އަލުން ހުޅުވައިފި
އައިޖީއެމްއެޗުގައި ކުރިން ނަމާދުގެއެއްގެ ގޮތުގައި ބޭނުންކުރި ތަން (އައިޖީއެމްއެޗު މިސްކިތް) މަރާމާތަށް ފަހު، އަލުން ހުޅުވައިފި އެވެ.

މި މިސްކިތް ހުޅުއްވާދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލެވެ.

އައިޖީއެމްއެޗް މިސްކިތް ބަންދުކުރީ ސެޕްޓެމްބަރު 2019ގަ އެވެ. އެ މިސްކިތް އެއިރު ބަންދުކުރީ، ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް އެ މިސްކިތާ އިންވެގެން އޮންނަ ހުސްތަނުގައި ކުރުމަށެވެ.

ޖަމާއަތުގައި ނަމާދު ކުރަމުންދިޔަ އެ މިސްކިތް ބަންދުކޮށް، އަލުން ނުހުޅުވައި ދިގުލައިގެންދިޔުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެއީ އައިޖީއެމްއެޗުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ ހިދުމަތް ހޯދާ ގިނަ ބަޔަކު ވެސް ބޭނުންކުރަމުން އައި މިސްކިތެކެވެ. 

އައިޖީއެމްއެޗް މިސްކިތުގައި އެއް ފަހަރާ 100އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ އެވެ. މި މިސްކިތުގައި ވުޟޫކުރުމަށާއި ނަމާދުކުރުމަށް ފިރިހެނުންނަށާއި އަންހެނުންނަށް ވަކިން ބައެއް ހަދާފައިވެ އެވެ. މި މިސްކިތުގައި ކުރިއަށް އޮތް ރޯދަ މަހު ތަރާވީހު ނަމާދުކުރެވޭނެ ކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް