ads
މޭޔަރު އާޒިމް
ހަތަރު މަސް ފަހުން މާލޭ މަގުމަތިން ކުނި ނުފެންނާނެ: މާލެ ސިޓީ މޭޔަރު
ހަތަރު މަސް ފަހުން މާލޭ މަގުމަތިން ކުނި ނުފެންނާނެ ކަމަށް މާލޭ ސިޓީ މޭޔާރު އަލީީ އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

މީގެ ތިން ހަފްތާ ކުރިން ފެށިގެން ރޯދަ މަހަށް ގެތައް ސާފުކޮށް ނެރެފައިހުރި ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ވަނީ ގޮނޑުވެފައިވާ ކަމަށާއި މާލޭގެ ބޮޑެތި މަގުތަކާއި ގޯޅިތަކުގެ ކަންކަން މަތި ފުރިފައި ވަނީ ގޭގެއިން ނެރެފައިވާ ބާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނުތަކުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެންމެ ގިނައިން ކުނި އަޅާފައިވާ މާވެޔޮ މަގުގެ ފަތަހަ މޯލް ކުރިމަތީ ކަމަށާއި މާލެ ތެރެއިން ކޮންމެ ދުވަހަކު 10 ވަރަކަށް ޓަނުގެ ކުނި ނަގަމުން އެބަ ދާ ކަަމަށް މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި އެވެ.

މިދިޔަ ދެ ހަފްތާ ތެތޭ ސިޓީ ކައުންސިލުން މާލެ ތެރޭގެ ކުނި ނެގުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު މިއަދު ދޭ ޔަގީން ކަމަކޫ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ތިބޭފުޅުން [ރައްޔިތުމީހާ] ގުޅާލުމުން ކުނި ނެގުމާއި ވަކިން ޗާޖެއް ކޮށްފައި މިކަން ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަޖައްސަން ޖެހޭ،" މޭޔަރު ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ ކަމަކީ ސިޓީ ކައުންސިލް އާއި ވެމްކޯ އަދި ޕޮލިހުންގެ ވެސް ކެޕޭސިޓީ އިތުރުކުރުން ކަމަށާއި އެކަމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

your imageމަގުތަކައް ކުނި ގިނަވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން -- ފޮޓޯ: އަޒީޒް

އާޒިމް ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަށް އެއްވެސް އިދާރާއަކުން ތައްޔާރުވެފައި ނުވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަހަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. 

އާޒިމް ވިދާޅުވީ ކުނި އުކާލުމަށްދާ ޕިކަޕްތަކުން އާންމު މީހުންގެ ނާޖާއިޒް ފައިސާ ނަގަމުންދާ ކަމަށެވެ. އެގޮތުން އެކި މީހުން އެކި އަގު ނެގުމާއި އަގު ބޮޑުކޮަށް ކުނި އުކާދޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ކުނި އުކުމުގެ އިންތިޒާމު މާލެ ސިޓީ ކައުންސިލުން ހަޖައްސައިދޭނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވި އެވެ.

އާޒިމް މިފަދަ މޭރަމަކުން މިއަދު ވާހަކަ ދެއްކެވިއިރު، ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން ވަނީ ކުނީގެ މައްސަލަ ހައްލުކުރުމަށް ގޮވާލާ ނޫސް ބަޔާނެއް ނެރެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް