ads
ދިވެހިންތަކެއް ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ސަރުކާރުން ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި
ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވައިފި އެވެ.

ހިލޭ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އެންމެ ފުރަތަމަ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ 50 މީހުންނެވެ. އަދި އެކި އަހަރުތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ފޮނުވާއިރު ބަލާނީ ފަގީރުންގެ ދަފްތަރަށެވެ. ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ތިބި ނަމަވެސް ގުރުއަތުލުން މިއަދު ބާއްވާފައިވަނީ އޭގެތެރެއިން ޝަރުތު ހަމަވި 667 މީހުންގެ މެދުގަ އެވެ.

މިފަހަރު ފުރުސަތު ލިބުނު 50 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ފުރުސަތު ދޭނެ އިތުރު 10 މީހުން ވެސް ވަނީ ގުރު ނަގައިފަ އެވެ.

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި މާލޭގައި ހުރުމުގެ ހަރަދު ވެސް ހަމަޖައްސައިދޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް