ads
ޒުވާން ހަތީބުން ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރެއް ޑރ ޝަހީމާއި އެކު
ތަމްރީނުކުރި ޒުވާން ހަތީބުން އަންނަ ހުކުރުދުވަހު ހުތުބާ ކިޔާނެ
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވި ބައެއް ކުދިން އަންނަ ހުކުރު ދުވަހު އިމާމްވެ ހުކުރު ކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންގެ ތެރެއިން 57 ދަރިވަރަކު ވަނީ ތަމްރީނުތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފައެވެ. މި ކުދިންނަށް ހުކުރ ކުރުމުގެ ރަްމީ ހުއްދަ ދޫކޮށްފައިވަނީ މިިދިޔަ އާދިއްތަ ދުވަހުއެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުއްދަ ލިބުނު ޒުވާނުން އަންނަ ހުކުރުގައި އިމާމްވެ ހުކުރު ކުރާނެކަމަށެވެ. 

"ޒުވާން ހަތީބުން މި އަންނަ ހުކުރުގައި މާލެ ސިޓީ ބައެއް މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ.: ޑރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުގެ ދަށުން ތަމްރީނު ޕްރޮގުރާމް ނިންމާ ދަރިވަރުންނަށް ހުކުރު ކުރުމާއި ޢީދު ނަމާދުކުރުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. 

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާއި ވަނީ އިންޓަރވިއުކޮށްފައިވާ އިރު އިންޓަވިއުއިން ފާސްވި ކުދިންގެ ތެރެއިން 77 ކުދިންނާއެކު ޕްރޮގުރާމުގެ އަމަލީ ތަމްރީނުތައް މާލޭގައި ފެށީ މިދިޔަ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. 

ޒުވާން ހަތީބުން ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް