ads
ރިއާލް މެޑްރިޑްގެ ކުޅުންތެރިން
ރިއާލްއަށް ފަސޭހަ މޮޅެއް
ސްޕެނިޝް ލީގުގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު ރިއާލް މެޑްރިޑް މޮޅުވެއްޖެއެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން ސެލްޓާ އަތުން ރޭ މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. ރެއާލުން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. 

އެއް ވަނައިގައި އޮތް ރެއާލަށް ވަނީ، 28 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް، ބާސެލޯނާގެ އޮތީ 28 މެޗުން 61 ޕޮއިންޓެވެ.

ރޭގެ މެޗުގައި ހަތަރު ލަނޑުން ރިއާލް މޮޅުވިއިރު، ރިއާލް ކުޅުނީ ދެ މެޗަށް ސަސްޕެންޑްކޮށްފައިވާ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ނުލައެވެ. 

ރޭގެ މެޗުގައި ސެލްޓާ ކޮޅަށް ފުރަތަމަ ޖެހީ، ވިނީޝިއުސް ޖޫނިއާ އެވެ. ރެއާލުން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ، ސެލްޓާގެ ކީޕަރު ވިސެންޓޭ ގައީޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި ތިންވަނަ ލަނޑަކީ ސެލްޓާގެ ކާލޯސް ޑޮމިންގޭޒް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ރެއާލްގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ތުރުކީގެ އާޑާ ގުލެއާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް