ads
ރޮނާލްޑޯ
ރޮނާލްޑޯއަކަށް މި ފަހަރުވެސް ނުވި، ޓީމު ކަޓައިފި
އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު މުބާރާތުން ކަޓައިފި އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އަލް ނަސްރު ކެޓީ، ދެވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން ބަލިވެގެންނެވެ. ދެ މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރުވުމުން ސެމީއަށް ކޮލިފައިވާނެ ޓީމެއް ކަނޑައަޅަން ޖެހި ޕެނަލްޓީގައި އަލް ނަސްރު ބަލިވީއެވެ.

ފުރަތަމަ ލެގުގައި އަލް ނަސްރު ވަނީ 1-0 އިން އަލް އައިން ދަނޑުގައި ބަލިވެފަ އެވެ. އެހެންވެ، ދެ ވަނަ ލެގަށް ނުކުތްއިރު ވެސް ނަތީޖާ ނެރެން މި މެޗުން އަލް ނަސްރަށް އޮތީ މަޖުބޫރުވެފަ އެވެ. އަލް ނަސްރު ދަނޑުގައި ފުރަތަމަ ލަނޑުތައް ޖެހީ، އަލް އައިންގެ ސޫފިއަން ރަހީމީ އެވެ. އެކަމަކު ހާފު ނިމުމުގެ ކުރިން ނަސްރުން ލަނޑެއް ޖަހައި އުއްމީދު އާކުރިއެވެ.

ދެ ވަނަ ހާފްގައި، އަލް އައިންގެ ކީޕަރު ހާލިދު އީސާ އަތުން ބައިކޮޅަށް ވަން ގޯލުން އަލް ނަސްރުން އެއްވަރުކުރި އެވެ. އަދި އަލެކްސް ޓެލޭސް ޖެހި ގޯލުން އަލް ނަސްރު ލީޑުނެގި އެވެ. އެ ނަތީޖާގައި އޮވެގެން، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ނަތީޖާ ނެރެން ދެ ހާފް ކުޅުނެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި، އަލް އައިން އިން އަނެއްކާ ވެސް ލީޑުނެގި އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ސުލްތާން އަލް-ޝަމްސީ އެވެ. އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި، އަލް ނަސްރަށް އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މި ނަތީޖާއާއެކު ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި އަލް ނަސްރަށް ކާމިޔާބުކުރެވުނީ ރޮނާލްޑޯގެ ޕެނަލްޓީ އެކަންޏެވެ. އަނެއް ތިން ޕެނަލްޓީ މިސްވެ، މުބާރާތުން ޓީމު ކެޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް