ads
ދިރާގާއި މަމްސް އެއިޑް ގުޅިގެން އެ ޖަމިއްޔާގެ 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން، މި އަހަރުގެ ރޯދަ މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި - ފޮޓޯ:ދިރާގު
ދިރާގާއި މަމްސް އެއިޑް ގުޅިގެން 100 އާއިލާއަކަށް ރޯދަ އެހީ ދީފި
ދިރާގާއި މަމްސް އެއިޑް ގުޅިގެން މި ރޯދަ މަހު އެހީއަށް ބޭނުންޖެހިފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

"ރަމަޟާން އެއިޑް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ކެމްޕެއިނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްތައް ކުރިއަށްގެންދަނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އާންމުންނަށް ވެސް ހުޅުވާލައިގެންނެވެ.

މި ކެމްޕެއިނާ ބެހޭގޮތުން މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރު އަދި ޖެނެރަލް ސެކެޓްރީ ފާތުމަތު ރިޔާސާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެ ރަމަޟާން އެއިޑްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގަ އެވެ.

އެގޮތުން ރިޔާސާ ވިދާޅުވީ ދިރާގުގެ އެހީއާއެކު މި ރޯދަ މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއާ ޕެކޭޖްތައް އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ކެމްޕެއިނަށް ދިރާގުން ދީފައިވާ އެއްބާރުލުމާއި އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ، މި ރޯދަ މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑްއަށް އެއްބާރުލުންދީ މި މުހިންމު މަގުސަދުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އެގޮތުން މަމްސް އެއިޑުން ކުރަމުންދާ މި މަސައްކަތުގެ އަގު ވަޒަންކޮށް އޭނާ ވަނިކ އެ ޖަމިއްޔާއަށް ޝުކުރު އަދާކޮށްފަ އެވެ.

ދިރާގަކީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިފަދަ ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންދާ ކުންފުންޏެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް