ads
މީހަކު ސިނގިރޭޓެއް ހަލާކުކޮށްލަނީ: މި ރޯދަ މަހު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައި
"މިއީ ދުންފަތުގެ ނުބައި އާދަ ދޫކޮށްލަން ލިބޭ ފުރުސަތެއް"
މި ރޯދަ މަހު ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދަ ދޫކޮށްލުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ރޯދަ މަހަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ މަސައްކަތް އަލުން ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އެހެންކަމުން މި މަހުގެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ދުންފަތާ ދުރުވުމަށް އެ އިދާރާއިން ވަނީ ބާރުއަޅާފަ އެވެ. 

ރޯދަ މަހުގެ ދުވާލު އެއްކޮށް ދުންފަތުގެ އިސްތިއުމާލު ނުކޮށް ހުރުމަށްފަހު، ރޭގަނޑުގެ ވަގުތުގައި ވެސް ދުންފަތާ ދުރުހެލިވުމަށް ހިތަވަރާއެކު މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ރޯދަ މަހަކީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމުގަ އެވެ. އެހެންކަމުން މި އަހަރުގެ ރޯދަ މަހު ދުންފަތާ ދުރުހެލިވުމަށް އަޒުމް ކަނޑައެޅުމަށް އެ އިދާރާއިން ނަސޭހަތްތެރިވެ އެވެ.

އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު، މި ބަރަކާތްތެރި މަހުގައި ހަށިގަނޑަށް ގެއްލުންދޭ އެންމެހާ ހަރާމް ކަންކަމުން އެއްކިބާވެ، ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީ ހޯދޭނެ ތަންތަން:

  • ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް - 3009899 / 3019899
  • ހުޅުމާލެ ހޮސްޕިޓަލް - 3350129
  • ށ. އަތޮޅު ހޮސްޕިޓަލް، ފުނަދޫ - 6540061
  • ދަމަނަވެށި - 3318901
  • އޭޑީކޭ ހޮސްޕިޓަލް - 7967848
  • އައިޖީއެމްއެޗް - 3335336
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް