ads
ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދު (ވ) އަދި ޑެޕިޔުޓީ ކޮމިޝަނަރު ހަސަން ޒަރީރު ވަނީ ހުސްވެފައިވާ ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފައި.
ޓެކްސް ކޮމިޝަނަރު ކަމަށް ޔަޒީދާއި ޒަރީރުގެ ނަން
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީރާގެ ކުރީގެ ދެ ވެރިން ކަމަށްވާ ޔަޒީދު މުހައްމަދު އާއި ހަސަން ޒަރީރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވައިފައެވެ. އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ޔަޒީދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހުޅުމާލެ ފްލެޓް ނަންބަރު ސީ1-3ބީ ، ހަސަން ޒަރީރެވެ.

ޔާމީންގެ ވެރިކަމުގައި މީރާ ހިންގަން ތިބި ދެ ބޭފުޅުންގެ މަގާމު ގެއްލުނީ ސެޕްޓެމްބަރު 3، 2019 ގައި ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ އެކުގައެވެ. އެ އިސްލާހު ފާސްވުމާ އެކު އޭރު މީރާގެ ވެރިންގެ ގޮތުގައި ތިއްބެވި ޔަޒީދާއި ޒަރީރުގެ މަގާމު ވަނީ ގެއްލިފަ އެވެ.

ގާނޫނު ބުނާ ގޮތުން ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަނީ ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ރުހުން ލިބޭ ނަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް