ads
ބެޑްމިންޓަން ރައީސް މޫސަ
ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު އައްޑޫގައި
ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު އައްޑޫ ސިޓީގައި ބާއްވަން އިއުލާންކޮށްފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އިއުލާންކޮށްފައިވަނީ މި މަހު 22 ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. އިއްޔެ ގެޒެޓްކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ އިއުލާނެއްގައި ބުނެފައިވަނީ، މި މަހު، 10 ގައި ބޭއްވުނު، މި އަހަރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ފުރަތަމަ ޖަލްސާ މި މަހު 22 ވަނަ ދުވަހުގެރޭ އައްޑޫ އިކުއޭޓްރަލް ވިލެޖްގައި، އެ އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހިންގާ ކޮމިޓީގެ އާ ދައުރަކަށް އިންތިހާބުކުރަން އިއުލާނުކުރިއިރު، ކުރިމަތިލާން ހުޅުވާލައިފައިވާ މަގާމުތަކަކީ، އެސޯސިއޭޝަންގެ ރައީސް، އެސޯސިއޭޝަންގެ ނާއިބު ރައީސް، އެސޯސިއޭޝަންގެ ހަޒާންދާރު، އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްޞީލުކުރާ މެމްބަރު އަދި އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުން ތަމްޞީލުކުރާ އަންހެން މެމްބަރެވެ.

މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުމަށް ބެޑްމިންޓަން އެސޯސިއޭޝަން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް