ads
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި
ފަސް ކިލޯގެ ޑްރަގްސްއާއެކު ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި ފަސް ކިލޯގެ ޑްރަގްސްއާއެކު ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 56 އަހަރުގެ ޕާކިސްތާނު ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް މިއަދުވަނީ 30 ދުވަސް ޖަހާފައެވެ. 

އަބްދުއްލަތީފް ބަލޮޗް ކިޔާ ޕާކިސްތާނު މި މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މީހާއަކީ ރާޢްޖެއަށް މަސްތުވާތަކެތި ގެނައުމާއި އޭގެ ވިޔަފާރި ކުރުމުގައި ބައިވެރިވާ މީހެއް ކަމަށް ބެލެވެ އެވެ. 

އޭނާ ބަންދުން ދޫކޮށްލައިފިނަމަ، ފިލައިގެން ގޮސްފާނެ ކަމާއި އަދި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް އޭނާގެ ބަންދު ރިޕޯޓުގައި ބުނެފައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް