ads
ސްޓެލްކޯގެ ރޯދަ ތަށިބަރި ބެހުމުގެ ތެރެއިން އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ - ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ރޯދަ ތަށިބަރި ހަރަކާތް ފަށައިފި
ސްޓެލްކޯއިން ރޯދައަށް ހާއްސަކޮށްގެން އެކުންފުނީގެ މުވައްޒަފުންގެ މެދުގައި "ރޯދަ ތަށިބަރި" ހަރަކާތް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ މިއީ އިސްލާމީ އަދި ސަގާފީ ރިވެތި އާދަތައް އާލަކޮށް ދިރުވުމަށްޓަކައި މުވައްޒަފުންގެ މެދުގައި ފަށާފައިވާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި ކުންފުނީގެ އެންމެ އިސްވެރިންނާއި ހަވާލުކުރެވުނު ތަށިބަރި މުވައްޒަފުންނާއި ހަވާލުކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކި ރަހަތަކާއިއެކު އެކި މުވައްޒަފުން އެކަކު އަނެކަކަށް މި ތަށިބަރިތައް ދެމުންގެންދާނެ ކަމުގަ އެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ތަށިބަރި ބެހުމުގެ ހަރަކާތްތައް ވަރަށް ގިނަ މުއައްސަސާތަކުން ކުރިއަށްގެންދާކަން ފާހަގަކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް