ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
ފިނޮޅު އަދި މީޓިއޯސް މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓެޕްބޯލްގައި ބުދަ ދުވަހު ކުޅުނު މެޗުތަކުން ފިނޮޅާއި މީޓިއޯސް މޮޅުވެއްޖެއެވެ.

ބުދަ ދުވަހު ހަވީރު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ފިނޮޅު މޮޅުވީ ހަފްލާންއާ ބައްދަލުކޮށް 18 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ފިނޮޅު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 109 ލަނޑު ހަދާފައެވެ. ޖަވާބުގައި ހަފްލާން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 23 ބޯޅައިން 43 ލަނޑު ހެދި އަޙްމަދު ޝަރީފެވެ.

ގްރޫޕް ބީގެ ދެވަނަ މެޗުން މީޓިއޯސް މޮޅުވީ ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާ ބައްދަލުކޮށް ހަ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ޑީއެސްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 129 ލަނޑެވެ. ޖަވާބުގައި މީޓިއޯސް ކުޅެން އަރައި 7 ވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 130 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 31 ލަނޑު ހެދި އިބްރާހީމް އަލީ އާއި، 10 ބޯޅައިން 30 ލަނޑު އެއްކުރި އަލީ ސުލައިމާނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް