ads
ކައްދޫ އެއާޕޯޓަށް މޯލްޑިވިއަން ގެ ފުލައިޓެއް ޖައްސާފަ - ފޮޓޯ: އެއާގޭޓް މޯލްޑިވެސް
މޯލްޑިވިއަންއިން ދަތުރުތަކުގެ އަގުހެޔޮކޮށްފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ހެޔޮކޮށްފި އެވެ.

މޯލްޑިވިއަން ވަނީ އެ އެއާލައިނުން ހިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ ވެސް އަގު ހެޔޮކޮށްފަ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން ބުނީ އާއްމުކޮށްފައިވާ ޓިކެޓުތަކުގެ އަގުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހެޔޮވާނެ ކަމަށެވެ. މިހާރުވެސް ދަރަވަންދޫ އާއި މަޑިވަރަށް ކުރާ ދަތުރުތަކުގެ އަގުތައް ވަނީ ހެޔޮކޮށްފަ އެވެ.

މޯލްޑިވއަންގެ އަގުތައް ހެޔޮކޮށްފައިވާގޮތް:

• ގަމަށް 1222 ރުފިޔާ 

• ފުވައްމުލަކަށް 1155 ރުފިޔާ

• މާވަރުލަށް 1133 ރުފިޔާ

• ފަރެސްމާތޮޑާއަށް 1133 ރުފިޔާ

• ހޯރަފުއްޓަށް 1133 ރުފިޔާ

• ކާޑެއްދޫއަށް 1333 ރުފިޔާ

• ކޫއްޑޫއަށް 1111 ރުފިޔާ

• ކުޅުދުއްފުއްޓަށް 1111 ރުފިޔާ

• ހަނިމާދުއަށް 1111 ރުފިޔާ

• ތިމަރަފުއްޓަށް 1111 ރުފިޔާ

• ކައްދުއަށް 1055 ރުފިޔާ

• ފުނަދުއަށް 1055 ރުފިޔާ

• މާފަރަށް 999 ރުފިޔާ

• އިފުރަށް 999 ރުފިޔާ

އައިލެންޑް އެވިއޭޝަނުން ބުނި ގޮތުގައި ފެއާގެ އަގުތަކަށް ގެނައި ބަދަލާއެކު ދަތުރުފަތުރުކުރުމުގައި އާާންމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމުގަ އެވެ.

އައިލެންޑް އޭވިއޭޝަންގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ޓިކެޓު ނެގޭނެ އެވެ. އަދި ޓިކެޓު ޔަގީންކުރުމަށް ދުރާލާ ބުކިން ހެއްދުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް