ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
އޭއާރްސީއާ ކަރުދާސް މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލްގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުން އޭއާރްސީ އާއި ކަރުދާސް ކްރިކެޓް ކުލަބު މޮޅުވެއްޖެއެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުން އޭއާރްސީ މޮޅުވީ ސީބީއެމްއާ ބައްދަލުކޮށް ނުވަ ވިކެޓުންނެވެ. މި މެޗުގެ ގުރުދިމާވުމުން ސީބީއެމް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 81 ލަނޑެވެ. ޖަވާބުގައި އޭއާރްސީ ކުޅެން އަރައި 4.4 ވަނަ އޯވަރުގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 82 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

ގްރޫޕް ސީގެ ދެވަނަ މެޗުން ކަރުދާސް ކްރިކެޓް ކުލަބު މޮޅުވީ ކިންޒާ ކެފޭއާ ބައްދަލުކޮށް 39 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ކަރުދާސް ކްރިކެޓް ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 119 ލަނޑު ހަދާފައެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް