ads
ކުޅަނދުރުގެ އުނދަގުލާހެދި ހުއްޓާލި މެޗުގެ ތެރެއިން
ކުޅަނދުރު ކަށި ޖަހައިގެން މެޗު ހުއްޓާލަން ޖެހިއްޖެ
އިންޑިއަން ވެލްސްގެ ކުއާޓާ ފައިނަލުގައި އެލެގްޒެންޑަރ ޒްވެރެވްއާ ދެކޮޅަށް ކާލޯސް އަލްކަރާޒް ކުޅުނު މެޗު، ކުޅަނދުރުގެ އުނދަގުލާ ހެދި ގިނަ އިރުތަކަކަށް ހުއްޓާލަން ޖެހިއްޖެއެވެ.

އިންޑިއަން ވެލްސްގެ ކުއާޓާ ފައިނަލު މި މެޗުގެ ކުޅުން މެދު ކަނޑާލަން ޖެހުނީ އަލްކަރާޒްގެ ނިތްކުރިއަށް ކުޅަނދުރެއް ކަށި ޖެހި ހިސާބުންނެވެ. މި މެޗު، ކުޅަނދުރުގެ އުނގަލާ ހެދި އެއް ގަޑިއިރާއި 40 މިނެޓަށް ލަސްވިއެވެ. މެޗުން މޮޅުވީ ޑިފެންޑިން ޗެމްޕިއަން އަލްކަރާޒްއެވެ.

މެޗަށް ފަހު އަލްކަރާޒް ބުނީ އޭނާގެ ކެރިއަރުގައި މި ކަހަލަ މެޗެއް ނުކުޅޭ ކަމަށެވެ.

"ޔަގީނުން ވެސް އަހަރެންގެ ކެރިއަރުގައި ކުޅުނު އެންމެ އާދަޔާ ހިލާފު މެޗު، ވަށައިގެން ބައެއް ކުޅަނދުރު ފެނުނު ނަމަވެސް ހީކުރީ އެއީ މަދު މަދިރިތަކެއް ކަމަށް. އެކަމަކު އުޑުމަތި ފެނުނު އިރު އެތައް ހާސް ކުޅަނދުރެއް އުދުހިފައި އައީ"

ފޮޓޯތަކުން ފެންނަގޮތުގައި ކުޅަނދުރު ހަތައެއް އިނީ، މެޗުގެ ވީޑިއޯ ކުރުމަށް ހަރުކޮށްފައި އިން ކެމެރާއެއްގައެވެ. ފަހުން ކޮންމެވެސް ސަބަބަކާ ހުރެ އެ ހަތާގައި ތިބި ކުޅަނދުރުތައް ނުކުމެ އުދުއްސައިގަތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް