ads
ފަރެސްމާތޮޑާ
ބްރާއެއް ވަގަށް ނަގައިގެން ފަރެސްމާތޮޑާ މީހަކު ޖަލަށް
ދަންވަރު ގެއަކަށް ވަދެ، ބްރާއެއް ވަގަށް ނެގި ދިވެހި ފިރިހެނަކު ޖަލަށްލާން ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކޮށްފި އެވެ.

ގދ. ފަރެސްމާތޮޑާގައި ހިނގި މި ހާދިސާއަކީ، މިދިޔަ އަހަރުގެ މާރިޗު މަހު ހިނގި ހާދިސާއެކެވެ. މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، މައްސަލައިގައި ހިމެނޭ ފިރިހެން މީހާ އެއްރޭ ދަންވަރު، ގެއަކަށްވަދެ، އެގޭގައި އުޅޭ އަންހެން ކުއްޖެއްގެ ކަޅު ކުލައިގެ ބްރާއެއް ވަގަށް ނެގިއެވެ. އެ އަންހެން ކުއްޖާއަކީ އެގޭ ކުއްޖަކާ އިނދެގެން ދަރިންވެސް ލިބިފައިވާ މީހެކެވެ. ބްރާ ވަގަށް ނެގި މީހާއަކީ އެ ގެއަށް ގޮސް އުޅޭ މީހެއް ނޫނެވެ. އެގޭގައި އޭރު ދިރިއުޅެމުން ދިޔައީ އަންހެން ކުއްޖާއާއި އެ ކުއްޖާގެ ބަފައިބެއެވެ.

ނިދާފައި އޮތް އަންހެން ކުއްޖާއަށް ގެއަށް މީހަކު ވަދެގެން އުޅޭ އަޑަށް ހޭލެވި، އަޑުގަދަކޮށް އެ މީހާ ހިފެހެއްޓީ ފަހުން އެ ކުއްޖާގެ ބަފައިބެ އައިސް އެ މީހާއަށް ނަސޭހަތްދީ ފޮނުވާލި ފަހުން ދެވަނަ ފަހަރަށްވެސް އެ ގެއަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުންނަށް ގުޅީއެވެ. ފުލުހުން އައިސް އެ މީހާ އެތާ ކައިރި އެހެން ގެއެއްގެ ތެރޭގައި ބޮނދާ އޮއްވައި އަތުލައިގަނެ، ފަހުން އެނގުނު ގޮތުގައި ބްރާއެއްވެސް ވަގަށް ނަގައިގެން ފިލީއެވެ. ބްރާވަނީ ފަހުން އޭގެ ވެރި ފަރާތާ ހަވާލުކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ، ބްރާ ވަގަށް ނެގި މައްސަލައިގައި، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާއާއި، އެނގި ހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

މީގެ ތެރެއިން ބްރާ ވަގަށް ނެގި މައްސަލައިގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، އަނެއް މައްސަލައިގައި ހަތަރު މަހާއި 10 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް