ads
ދިވެހި ސިފައިންގެ ވައިގެ ފޯސް
ދިވެހި ސިފައިންގެ ވައިގެ ފޯސްއެެއް އުފައްދައި، 24 ގަޑިއިރު ރާއްޖޭ ސަރަހައްދު ބަލަހައްޓަނީ
ދިވެހި ސިފައިންގެ ވައިގެ ފޯސްއެެއް އުފައްދައިފި އެވެ.

މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން އެސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެގެން ރާއްޖެ ގެނައީ އަސްކަރީ ދެ ޑްރޯން އެވެ. އެކަމަކު، ކުރިމަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމައިފަ އެވެ.

އެމްއެންޑީއެފުން ބުނީ، އަސްކަރީ ދެ ޑްރޯން މިރޭ އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި "އަންމޭންޑް" އަދި "މޭންޑް" ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފުކުރުން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

your imageސަރުކާރުން ގަނެފައިވާ ޑްރޯން --

ދިވެހި ސިފައިންގެ ތެރެއަށް ވައިގެ ސިފައިންގެ ހިދުމަތް ތައާރަފު ކުރުމާއި އަސްކަރީ ޑްރޯން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޕަރޭޓް ކުރަން ފެށުމަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބާއްވާއިރު، ޑްރޯން އޮޕަރޭޝަންތަކުގެ ބޭސް އަކަށް މި އެއާޕޯޓު ވަނީ ކަނޑައަޅައިފަ އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެ އެވެ.

މިހިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ބޮޑު އެހީއަކަށްވާނެއެވެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް