ads
އެއާ އެމްބިއުލާންސްގައި ބަލި މީހަކު އުފުލަނީ
15 ދުވަސް، 25 މެޑިކަލް ދަތުރު އެއާއެމްބިއުލާންސް އަޅައިފި
ވައިގެ މަގުން ބަލި މީހުން އުފުލަމަށް ތައާރަފުކުރި "އެއާ އެމްބިއުލާންސް" އިން ހިދުމަތް ދޭން ފެށިތާ 15 ދުވަސް ތެރޭ 25 މެޑިކަލް ދަތުރުކޮށްފައިވާކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

ރާއްޖޭގެ ތާރީހޕުގައި ވައިގެ މަގުން ބަލި މީހުން އުފުލުމަށް ވަކި އުޅަނޑުތަކެއް ތައާރަފުކޮށް އެ ހިދުމަތް ފަށާފައިވަނީ މި މަހުގެ 1 ވަނަދުވަހުއެވެ. މި ހިދުމަތް ރަސްމީކޮށް ފެށި އިރު އޮތީ ޑޯނިޔާ މަތިންދާ ބޯޓެއް އެކަނި ނަމަވެސް މިހާރު މި ފްލީޓަށް ސީ ޕްލޭން އިތުރުކޮށް ސީ ޕްލޭންގެވެސް ހިދުމަތް ވަނީ ދޭން ފަށާފައެވެ. 

މޯލްޑިވިއަނުން ބުނީ މި ހިދުމަތް ފެށި ފަހުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 25 އަށް ވުރެ ގިނަ މެޑިކަލް ދަތުރު އަޅާފައިވާކަމަށެވެ. އެމާޖެންސީ އެމްބިއުލާންސްގެ ގޮތުގައި ހާއްސަކޮށްފައިވަނީ ޑޭޝް8-200 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓުގައި އެއްފަހަރާ 2 ބަލީ މީހުން އުފުލޭނެ އިންތިޒާމުތައް ހަމަޖައްސާ ކުއްލި ފަރުވާދެވޭނެ އިންތިޒާމުތައްވެސް ބޯޓުގައި ވަނީ ހަމަޖައްސާފައެވެ. 

your imageއެއާ އެމްބިއުލާންސް ފްލީޓަށް އިތުރުވި ސީ ޕްލޭން 

މެޑިކަލް އެމްބިއުލާންސަށް އިތުރުކުރި ސީ ޕްލޭންގެ ހިދުމަތްވެސް އިއްޔެ ވަނީ ރަސްމީކޮށް ފަށާފައެވެ. މޯލްޑިވިއަނުން ބުނީ މި ސީޕްލޭންގެ ސަބަބުން ސީދާ ރަށްރަށަށް ދަތުރުކުރުމުގެ ޤާބިލުކަން، ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތައް ޤާއިމްކުރެވި، އިމަރޖެންސީ މެޑިކަލް ކޭސްތަކަށް ވަގުތުން އެއަރ ޓްރާންސްފަރ ކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށެވެ.

"ފްލެކްސިބިލިޓީ އާއި ރިލައިބިލިޓީއަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާ އަކީ މިހާރު އަޅުގަނޑުމެންގެ އެއާ އެމްބިއުލާންސްގެ ގާބިލުކަމަށް ވަރަށް މުހިންމު އިތުރު ކަމެއްގެ ގޮތުގައި މަސައްކަތް ކުރާނެ އެއްޗެކެވެ." މޯލްޑިވިއަނުން ބުނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެ ކަމަށާއި އެގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމާޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެ އެވެ.

އަދި މި ބޯޓުގައި ކުއްލި ހާލަތުގައި ބޭނުންކުރާ އޮކްސިޖަންއާއި، ވެންޓިލޭޓަރުގެ އިތުރުން އިމަޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ހުންނާނެކަމަށްވެސް ހެލްތް މިނިސްްޓްރީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް