ads
ބެޑްމިންޓަން ރައީސް މޫސަ
ބެޑްމިންޓަން ކަންތައް ގޯހުން ގޯހަށް
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް ހައްލުނުކޮށް، އަވަސް އަރުވާލައިގެން، ބާއްވަން އުޅޭ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން އިންތިހާބު މަޑުކުރަން ސްޕޯޓްސް ކޮމިޝަނަރު އަންގާފައިވަނިކޮށް، އެ އެންގުމަށް ގޮން ޖަހައި ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މި މަހު 22 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބުގައި ވޯޓު ލެވޭނެ ލިސްޓު ގެޒެޓްކޮށްފަ އެވެ. އިންތިހާބު ބާއްވަން ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް، މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމުގެ ޝަކުވާތަކާއި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުނުކޮށް، އެ އެސޯސިއޭޝަންގެ އިންތިހާބު ނުބާއްވަން ސްޕޯޓްސް ކޮމިޝަނަރު ކުރިން ވެސްވަނީ އަންގާފައެވެ. މި އެންގުންތައް ބޮލާލައި ޖަހައި ބާއްވާ އިންތިހާބެއް ބަލައިނުގަންނާނެ ކަމަށް ތޮލާލްއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ގެޒެޓްކޮށްފައިވާ ވޯޓު ލެވޭ ލިސްޓަށް ބަލާއިރު، އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި، ހިމަނާފައިވަނީ ދެ ކްލަބް އެވެ. އެއީ، ކްލަބް ސްޓެޓިކް އާއި އިންޑޯ ސްޕޯޓްސް އެކެޑަމީ އެވެ. މިދިޔަ ހަތަރު އަހަރު ބަރާބަރަށް އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވި، އެއް ކްލަބް ކަމަށްވާ ރިވައިވަލް ސްޕޯޓްސް ކްލަބަށް ފުރުސަތެއް ނެތެވެ.. ވޯޓު ލިސްޓުގައި، ފުރިހަމަ މެމްބަރުންގެ ގޮތުގައި ހިމަނާފައިވަނީ ދެ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) އެވެ. އެއީ، ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ސީރިއަސް މައްސަލަތަކުގެ ކަން ބޮޑުވުން ބެޑްމިންޓަން ކޮމިއުނިޓީގައި ވަރަށް ބޮޑަށް މަޝްވަރާކުރެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް