ads
ގިރާވަރު މީހުން
ގިރާވަރު މީހުން: އިންނަ މީހަކު ވަރިނުކުރޭ، މާލެ އަފުރެމެންގެ ރަށެއް
ވެރިރަށް މާލޭގެ މިލުކުވެރިކަމާއި މެދު ކުރެވުނު ބަހުސެއް ތާރީހު ލިޔުއްވި ބައެއް ބޭފުޅުންގެ ފޮތްތަކުން ފެންނާން އެބަހުއްޓެވެ. މިކަމާއި އެންމެ ބޮޑަށް ވާހަކަދެއްކި އެއް ބަޔަކީ ގިރާވަރު މީހުންނެވެ.

މާލެއާއި މެދު ގިރާވަރު މީހުންގެ ވާހަކަ

ދުދޫމަތިން ބުނެވޭ ގޮތުގައި އިހުޒަމާނުގައިވެސް ގިރާވަރު މީހުން މީހުން ބުނެ އުޅޭޔޯލައޭ، ފުރަ މާލެއަކީ އަފުރުމެންގެ ރަށެކޭ އެއީ އަފުރުމެން އެން ހިފަން ނުކުމެ އުޅުމުގައި ހޯދި ރަށެކޭ.

ތާރީހީ ލިޔުްވި ބޭފުޅުން ލިޔުއްވާފައިވާ ފޮތްތަކުގައި ވެއެވެ. އިހުޒަމާނުއްސުރެ ބުނެވޭ ގޮތުގައި ފުރަ މާލެއަކީ އެވޭލާ ޒަމާނުގައި ގިރާވަރު މީހުން މަހަށް ދާން ނުކުމެ އެން ހިފަން ގޮސް އުޅުނު ތިލައެކެވެ. އެމީހުން އެސަރަހައްދަށް އެން ހިފަން ނުކުމެ އުޅުނު އިރު މާލެ އޮތްކަމަށް ބުނާ ސަރަހައްދަށް ވަނީ ނަންތަކެއްވެސް ދީފައެވެ. އެމީހުން ކިޔާ އުޅުނީ އެންބޭރު، މަތި އަނގޮޅި، ގަލުއޮޅި، ފަންނު މި ނަންތަކެވެ. މީ މިހާރު ފެންނަން އޮތް މާލޭގައި ހަތަރު ދިމާލަށް މަހަށް ނުކުތްއިރު އެމީހުން ކިޔަމުން އައި ނަންތަކެވެ.

މާލޭގައި މީހުން ވަޒަންވެރިވުމުގެ ކުރިން މި ރަށަކީ ގިރާވަރު މީހުން ބަލަހައްޓަމުން އައި އެމީހުންގެ ރަށެއްކަމަށް ބުނެވެއެވެ. އަދި މާލޭގައި މީހުން ވަޒަންވެރިވީވެސް ގިރާވަރު މީހުންގެ ހުއްދަ ހޯދައިގެންކަމަށްވެސް ބުނެއުޅެއެވެ. ގިރާވަރު މީހުން މާލެއަށް ދީފައި އޮތް ނަމަކީ "މަލަރަށް" މި ނަމަވެ. ފަހުން މި ނަން މި ވަނީ މާލެ މި ނަމަށް ބަދަލުވެފައެވެ. އޭރު މާލޭގެ ބޮޑުމިނެއްކަމަށް ބުނެ އުޅެނީ މޭލެއްކަމަށެވެ. އެއީ އިރުމަތީ ފަރާތު ކަނޑުތޮށިން ހުޅަނގު ކަނޑުތޮއްޓަށެވެ.

your imageމާލެ އިހުޒަމާނުގައި 

ގިރާވަރު މީހުން ރާއްޖޭގެ ގަދީމީ ވެރިން

ގިރާވަރު މީހުންނަކީ ރާއްޖޭގައި މި ރީތި ޖަޒީރާތަކުގައި އެންމެ ކުރިން ވަޒަންވެރިވި މީހުންކަމަށް ބެލެވޭކަމަށް ބުނެއެވެ. އެމީހުންގެ ދައުވާއަކީވެސް އެއީ އެވެ. އެމީހުން ބުނާގޮތުން އެމީހުންނަކީ ރާއްޖޭގެ ޤަދީމީ ވެރިންނެވެ. ތާރީހީ ބައެއް ފޮތްތަކުން ފެންނަ ހުރި މައުލޫމާތުތަކަށް ބަލާއިރު ގިރާވަރު މީހުންނަކީ އިންޑިއާގެ ހުޅަނގު ދެކުނު އައްސޭރިފަށުގައި އުޅުނު ތަމަޅައިންގެ ތެރެއިން އައި ބައެކެވެ. މި މީހުން ރާޢްޖޭގައި ވަޒަންވެރިވުމުގެ ކުރިން ސިލޯނުގައިވެސް ވަޒަންވެރިވިކަމަށް ތާރީހު ބުނެއެވެ. މި މީހުން ވާހަކަދެއްކުމުގައި ތަމަޅަ އާއި މަލަޔާލަމް ބަހާއި އެއްގޮތްތަކެއް ހުރެއެވެ.

your imageގިރާވަރު އަންހެނެއް. ބޮލުގެ ހުޅި ހުންނާނީ ވައަތް ފަރާތުގައި 

މުޅިން ތަފާތު ބައެއް، އިންނަމީހަކު ވަރި ނުކުރޭ، ދެ އަންބަށް ނީދޭ

ގިރާވަރު މީހުންނަކީ އެހެން ދިވެހިންނާއި ވަރަށް ތަފާތު ބައެއްކަމަށް ބުނެވެއެވެ. އެމީހުން ގެންގުޅު އުސޫލާއި އެމީހުންގެ އާދަކާދަ އާއި ވައްޓަފާޅި ރާއްޖޭގެ އެހެން ހުރިހާ ރަށަކާއި މުޅިން ތަފާތެވެ. ގިރާވަރު މީހުންގެ އެންމެ ތަފާތުކަމަކީ އެމީހުން މާލެ ފިޔަވައި އެހެން ރަށްތަކަށް ދަތުރު ނުކުރުމެވެ. ރާއްޖޭގެ އިތުރު އެއްވެސް ރަށަކަށް އެމީހުން ނާރައެވެ. ރަށުން ބޭރަށް ދަންޏާ ދަނީ މާލެއަށް ނުވަތަ އެމީހުންގެ ނަމުންނަމަ "މަލަރަށް" އެވެ. ގިރާވަރު މީހުން ރަށުން ބޭރު މީހުންނާއި ކައިވެންޏެއް ނުކުރެއެވެ. އަދި އިންނަ މީހަކު ވަރިއެއްވެސް ނުކުރެއެވެ. އަދި ކިއެއްތައް ދެ އަނބަތް މީހުންނަކާ ނީނދެއެވެ. އަންހެނަކު ހުވަފަތް ވެއްޖެނަމަ ހަޔާތް ނިންމާލަނީ އެހެން މީހާކައި ކައިވެނި ނުކޮށެވެ. ސަބަބަކީ ހުވަފަތްވެއްޖެ އަންހެނަކު އެހެން މީހަކާއި ކައިވެންޏެއް ނުކުރާތީއެވެ.

އެ ޒަމާނުގައި ދިވެހި އަންހެން އެންމެ ބޮޑަށް ފާހަގަ ވަނީ ބޮލުގައި ޖަހާފައި ހުންނަ ހުޅިންނެވެ. މިހާރުވެސް މަދުރަށްތަތަކުން ދުވަސްވީ ބައެއް މީހުން އޭރުގައި އެ ފެންނަ ގޮތަށް ހުޅިޖަހާފައި ހުރެއެވެ. މިކަމުގައިވެސް ގިރާވަރު އަންހެންވެރިން ތަފާތެވެ. ރާއްޖޭގެ އެހެން ހުރިހާ ހިސާބެއްގައި ދިވެހި އަންހެންނުން ބޮލުގައި ހުޅިޖަހަނީ ކަނާތްފަރާތުގައި. ގިރާވަރު މީހުންގެ ހުޅި ހުންނަނީ ބޮލުގެ ވައަތް ފަރާތުގައެވެ.

ވާހަދެއްކުމުގައި "ޅ" ބޭނުންކުރުން

އެހެން ރަށްރަށުގެ ދިވެހިންނާއި ގިރާވަރު މީހުންނާއި ތަފާތުކަމުގެ ތެރޭގައ އެބައިމީހުން ވާހަކަ ދައްކާ އުޅުނު ގޮތްވެސް ވެއެވެ. ޅ ބޭނުންކުރަންޖެހޭ ކޮންމެ ތަނަކަށް އެމީހުން ބޭނުކޮށް އުޅުނީ ޅ ގެ ބަދަލުގައި ރ.   ދެބައިކުޅަ ބަދަލުގައި ދެބައިކުރަ، ފޮޅީގެ ބަދަލުގައި ފޮރި މީ ގިރާވަރު މީހުން ކިޔާ އުޅުނުގޮތެވެ. ރަސްގެފާނާއި ވެސް މުހާތަބު ކުރަނީ މަނިއްފުޅުގެ ބަދަލުގައި މަނިއްޕުރު ކިޔައިގެންނެވެ. 

ނަން ދިނީ ރަށް ގިރާތީ، ރަށުން ބޭލީ ގަދަަމުން

ގިރާވަރަށް އެނަން ދެވިފައިވަނީ އެރަށް ގިރާލެއް ބޮޑުކަމުންކަމަށް ބުނެވެއެވެ. ރަށުގެ ފެން އެހާ ލޮނެވެ.  ބާނާ މަސްކޮޅު ފިޔަވާ ރަށުން ދެން ލިބޭ އެއްޗަކީ ކުޅަވަކެވެ.

ގިރާވަރު މީހުންނަށް ދިމާވި ދަތިތަކުން ސަލާމަތްކުރުމަށް އެމީހުން އެރަށުން ބަދަލުކުރަން ނިންމާ އެ މަސައްކަތް ކުރިއެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެމީހުން ފުރަތަމަ ބަދަލުކުރެވުނީ ހުޅުލެއަށެވެ. އެކަމު އެމީހުން ރަށުން ގިރާވަރުން ނުފައިބައިގެން އެކަންވެސް ކުރަންޖެހުނީ ސިފައިން ބޭނުންކޮށްގެންކަމަށް ބުނެވެއެވެ.

ހުޅުލޭގައިވެސް އެމީހުން އުޅުނުކަމަށްވެއެވެ. އެރަށުގައިވެސް އެމީހުން އުޅުނީ ވަކި ސަރަހައްދެއް ވިޖެއްގެ ގޮތުގައި ހަދައިގެން އެ ސަރަހައްދު ބޭރުން ފަނުން ޕުޅަޕެއް ޖަހައިގެންނެވެ. އެ ވސަރަހައްދަށް މީހަކަށް ވެދެވޭނީވެސް ނުވަތަ މީހަކަށް ނުކުމެވޭނީވެސް އެވަގުތު ގިރާވަރުގައި ރަށުވެރިޔާގެ ހުއްދަ ހޯދައިގެން އޭނާ އަމުރުކުރުމުންނެވެ.

މާލެއަށް ބަދަލުވުން، މާލޭގައިވެސް ވަކި ސަރަހައްދެއްގައި

ހުޅުލޭގައި އެއާޕޯޓްއަޅާން ބޭނުންވެގެން އެރަށުގައި އުޅެމުން ދިޔަ މީހުން ބަދަލުކުރާން ޖެހުނެވެ. އޭގެތެރޭގައި ގިރާވަރު މީހުންވެސް ހިމެނުނެވެ. ހުޅުލެއިން ގިރާވަރު މީހުން މާލެ ބަދަލުކުރީ 1968ގައި. މާލެ އައިގޮތަށްވެސް އެމީހުން އުޅުނީ އެ ސަރަހަދެއްގައި އެއްކޮށްކަމަށްވެއެވެ. އެއީ މާފަންނަނު މިހާރުގެ އެސްޓިއޯ އިމާރާތް އެހެރަ ސަރަހައްދެވެ. އަދިވެސް އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ ގިރާވަރަށް ނިސްބަތްވާ މީހުންކަމަށް ބުނެ އުޅެވެ.

your imageމާލޭގައި އުޅޭ ގިރާވަރު ރައްޔިތުންނާ ކެމްޕެއިންގެ ތެރޭ ޑރ މުއިއްޒު ބައްދަލުކުރައްވަނީ 

ކޮންމެ ސަރުކާރަކުންވެސް ގިރާވަރު މީހުންނަށް ހާއްސަ ސަމާލުކަމެއް

 ދިވެހި ސަރުކާރުން ގިރާވަރު މީހުންނަށް ކޮންމެ ޒަމާނެއްގައިވެސް ހާއްސަ ނަޒަރަކުން ބަލަމުންދިޔަކަމަށް ތާރީހީ ލިޔުންތަކުން ބުނެއެވެ. ގިރާވަރު މީހުން މަހަށްދާ ދޯނި ފަހަރަށް ރިއާ ކަނޑާ ފޮތި ސަރުކާރުން ދެއެވެ. އަދި އެމީހުންގެ އެކި ބޭނުންތައް ސަރުކާރުން ފުއްދާދީ އުޅުނެވެ. އަލް އަމީރު މުހައްމަދު ފަރީދުގެ ރަސްކަން ނިމެންދެން  ގިރާވަރު ރައްޔިތުންނަށް ކޮންމެ މަހަކުވެސް ފައިސާގެ އެހީ ދީ އުޅުނެވެ. 

މިހާރު ވެރިކަން ކުރައްވަމުން އަންނަ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވެސް ގިރާވަރު މީހުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަން ވަނީ ހާމަކޮށްފައެވެ. މާލެއަށް ބަދަލުކޮށްފައިވާ ގިރާވަރު ރައްޔިތުން ބާކީކޮށް އެކަހެރިކޮށްފައި އޮތް އޮތުން ނިމުމަކަށްގެނެސް އެމީހުންގެ ހައްގު ހޯދައިދޭނެކަމުގެ ޔަގީންކަން ރިޔާސީ ކެމްޕެއިންގައި މާލޭގައި ދިރިއުޅޭ ގިރާވަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް