ads
ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހާ
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަނީ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފޮޓޯ ޖަހައި އާއްމުކޮށް ފުލުހުން މިއަދު އިއުލާން ކޮށްފައިވަނީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު ކިޔާ އުމުރުން 35 އަހަރުގެ މީހަކު ހޯދާށެވެ. އަހްމަދު ޒާހިދު ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 މާރިޗު 19 ވަނަ ދުވަހުގެ 09:30 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ރެކޯޑްތަކުން އެނގޭ ގޮތުގައި މި މީހާއަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ. 2019 ވަނަ އަހަރުވެސް، އަދި 2022 ވަނަ އަހަރުވެސް މި މީހާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވެއެވެ. ކުރިން އޭނާ ހޯދި އެއް ފަހަރަކު ހޯދަން އިއުލާންކޮށްފައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް