ads
ރޫޔާ ދުވަނީ، ފޮޓޯ: އެމްއޯސީ
ރޫޔާ 200 މީޓަރު ޖޫނިއާ ރެކޯޑް މުގުރާލައިފި
މަރިޔަމް ރޫޔާ އަލީ، 200 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލައިފި އެވެ.

ރޫޔާ، 200 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑް މުގުރާލީ ޖެމެއިކާގައި ކުރިއަށްދިޔަ ވެލޯސިޓީ ފެސްޓް 14 ގައެވެ. ވެލޯސިޓީ ފެސްޓް 14 ގައި ދުވެ، ރޫޔާ އަމިއްލަ އަތުގައި އޮތް ރެކޯޑް މުގުރާލީ، 25.11 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސްކޮލަޝިޕެއްގައި ޖެމެއިކާގައި ޓްރެއިނިން ހަދަމުން އަންނަ ރޫޔާ އަކީ މީގެ ކުރިން ވެސް 200 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑް ހޯލްޑަރެވެ. ރޫޔާ އެންމެ ފަހުން ރެކޯޑް ހެދީ މިދިޔަ އަހަރުގެ ޖުލައި މަހު، ޖެމެއިކާގެ 20 އަހަރުން ދަށުގެ މުބާރާތުގަ އެވެ. އެ ފަހަރު އޭނާގެ ޓައިމިން އަކީ، 25.59 ސިކުންތެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް