ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
އޭއާރުސީއާ ކަރުދާސް މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި އާދިއްތަ ދުވަހު ކުޅުނު މެޗުތަކުން ކަރުދާސް ކްރިކެޓް ކުލަބާއި އޭއާރްސީ މޮޅުވެއްޖެއެވެ.

ގްރޫޕް ސީގައި ކަރުދާސް ކްރިކެޓް ކުލަބު މޮޅުވީ ސީބީއެމްއާ ބައްދަލުކޮށް 36 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ސީބީއެމް ގަސްދުކުރީ ހޮވުމަށެވެ. ޖަވާބުގައި ސީބީއެމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 91 ލަނޑެވެ.

ގްރޫޕް ސީގެ ދެވަނަ މެޗުން އޭއާރްސީ މޮޅުވީ ކިންޒާ ކެފޭއާ ބައްދަލުކޮށް 85 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ކިންޒާ ކެފޭ ގަސްދުކުރީ ހޮވުމަށެވެ. އެއާއެކު އޭއާރްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 148 ލަނޑު ހަދާފައެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 63 ލަނޑެވެ.

އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް