ads
ގާޒާ ކުޑަކުދިން ތަކެއް
ގާޒާގައި ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު 13،000 އަށް
ފަލަސްތީނުގެ ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ކުޑަކުދިންގެ އަދަދު 13،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން ހާމަކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 31،900 މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ.

އަދި މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 75،679 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭގައި ވެސް 13،000 ވަރަކަށް ކުޑަކުދިން ހިމެނެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިސްރާއީލުގެ ރަހުމެއް ނެތް އުދުވާނާ ގުޅިގެން ގާޒާގެ ރައްޔިތުން ވަނީ ބިކަވެފަ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 2.3 މީހުން ވަނީ ނިކަމެތިވެފަ އެވެ. އެ މީހުން ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ހޮސްޕިޓަލުތައް ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފަ އެވެ. ސިއްހީ ހިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނުވާފަ އެވެ. ގާޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅައި, އިސްރާއީލުން ދަނީ ގާޒާގެ ކުޑަކުދިން ހައިހޫނު ކަމުގައި މަރަމުންނެވެ.

your imageޣައްޒާގެ އާއިލާއަކުން އެމީހުންގެ ހަލާކުކޮށްލާފައިވާ އެޕާޓްމަންޓް ބަލަނީ

އިންސާނީ އެހީ ފޯރުކޮށްދިނުން ދަތިވެ، މުޅި ގާޒާގެ އެކި ހިސާބުތަކަށް ވަނީ ބަނޑުހައިހޫނުކަން ކުރިމަތިވެފަ އެވެ. އަދި މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް މިސްކިތް ކަމަށްވާ، އަލް އަގްސާ މިސްކިތުގައި މުސްލިމުން ނަމާދު ކުރުން ވެސް އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

ގާޒާގެ މިހާރުގެ ހާލަތު ބަޔާންކޮށް އދ.އިން ބުނި ގޮތުގައި ގާޒާގައި ބަނޑުހައިހޫނުކަން އޮތީ އިންތިހާއަށް ކުރިމަތިވެފަ އެވެ. އެ ސިޓީގެ 90 އިންސައްތަ މީހުންތިބީ ކާބޯތަކެތި ނުލިބި އެވެ. ހާއްސަކޮށް ގާޒާގެ އިތުރުގައިތިބި ގިނަ ބަޔަކު ތިބީ އެއްވެސް ވަރަކަށް ކާނެއެއްޗެއް ނުލިބި ކަމަށާއި އެ މީހުންނަށް ރޯދަ ވެސް ނުހިފޭނެ ކަމަށް އދ.އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް