ads
ފޮޓޯ: އައިކެއާ
އައިކެއާއިން ޑިސްކައުންޓް ދެނީ
ސްކޫލް ޗުއްޓީ އަށް ހާއްސަކޮށް އައިކެއާއިން އިނާމަކާއި ޑިސްކައުންޓް ހުށަހަޅައި، ހާއްސަ ޕްރޮމޯޝަނެއް ފެށުމަށް ނިންމައިފި އެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ، މި ޕްރޮމޯޝަނަކީ އައިނުގެ ފްރޭމް އާއި އަވިއައިނުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދޭ ޕްރޮމޯޝަނެކެވެ. އަދި މި ޕްރޮމޯޝަނުގައި 2000ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަނުގެ ލަކީޑްރޯ އަށް ހުށަހަޅާފައިވާ އިނާމަކީ ފިޔަވަޅު ރިސޯޓް މޯލްޑިވްސް އިން ދެ މީހަކަށް ހާއްސަ ދަތުރެކެވެ. އަދި މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެއެވެ.

އައިކެއާ އަކީ ކޮލިޓީ ރަނގަޅު ނޯވާ ބްރޭންޑުގެ އަވި އައިނު ވިއްކާ ތަނެކެވެ. އެތަނުގައި އެކި ވައްތަރުގެ އައިނު ދުނިގަނޑު ހުންނައިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ޑިޒައިންތަކެއް ވެސް އެތަނުގައި ހުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް