ads
ކުރީގެ ރައީސް ސޯލިހު ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ
ސަލާމް ގޮވުން: ފައިދާބޮޑު އަޅުކަމެއް!
އެކަކު އަނެކަކާ ބައްދަލުވާއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ސަލާމް ކުރުން އިސްކުރުން ނުވަތަ ސަލާމް ގޮވުން އެއީ ވަރަށް ފައިދާބޮޑު އަޅުކަމެކެވެ. ސަލާމް ގޮވުމަކީ އިސްލާމް ދީނުގެ ޝިއާރުތަކުގެ ތެރެއިން ޝިއާރެކެވެ.
Advertisement

ޝައްކެއްވެސް ނެއްގޮތުގައި މާތްވެގެންވާ އިސްލާމްދީން އިންސާނާއަށް އެއްމެ ސީދާވެގެންވާ މަގަށް މަގުދައްކައެވެ. އެއީ ފަލާހާއި ކާމިޔާބު ލިބެނިވިމަގެވެ. އެންމެހާ ރިވެތި އަހުލާގީ ސިފަތަކެއް އިސްލާމްދީން އަޅުގަނޑުމެނަށް ދަސްކޮށްދެއެވެ.

ސަލާމަށް ޖަވާބުދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. ތިބާގެ މުސްލިމު އަހާއަށްޓަކައި އަދާކުރަންޖެހޭ މަތިވެރި ހައްގެކެވެ.

ﷲ ތައާލާ ގެވަހީ ބަސްފުޅުގައި ވެއެވެ. "وَإِذَا حُيِّيْتُم بِتَحِيَّةٍ فَحَيُّواْ بِأَحْسَنَ مِنْهَا أَوْ رُدُّوهَا “ سورة النساء الآية 86. މާނަ: "ތިޔަބައިމީހުންނަށް ސަލާމް އަކުން ސަލާމް ކޮށްފިނަމަ، އެއަށްވުރެ ރިވެތި ސަލާމް އަކުން ތިޔަބައިމީހުން ސަލާމް ކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ!"

ސަލާމް ކުރުމަކީ ދީނީގޮތުން ހެޔޮ ދަރުމަ ލިބޭކަމަކަށްވުމުގެ އިތުރުން އެއީ އިޖްތިމާއީ ގުޅުންވެސް ބަދަހިކޮށްދޭ ރީތި އާދައެކެވެ. އެހެންކަމުން ކޮމްމެ މީހަކު އެކަކު އަނެކަކާ ބައްދަލުވާއިރު އެންމެ ފުރަތަމަ ކަމަކަށް "އައްސަލާމް އަލައިކުމް" ކިޔައި ސަލާމް ކުރުން އާދައަކަށް ހެދުން މުހިއްމެވެ. އަދި އާންމު ދިރިއުޅުމުގައިވެސް ގިނަގިނައިން ސަލާމް ކުރުން އިސްކަމެއްގެ ގޮތުގައި ހަދާ އިސްލާމީ ޝިއާރު ފެތުރުމުގައި މިސާލުތައް ދެއްކެކި ދާނެއެވެ.

ސަލާމް ގޮވުމުގެ އަދަބުތައް:
  - ގޭގެއަށް ވަންނައިރު ސަލާމް ގޮވުން
  - ކުޑަކުދިންނަށް ސަލާމް ގޮވުން
  - ސަވާރީއަކަށް އަރާފައި އިންނަ މީހަކު ހިނގާފައި ދާ މީހަކަށް ސަލާމް ގޮވުން
  - ހިނގާފައި ދާމީހުން ސަލާމް ގޮވުން
  - މަދު މީހުން ގިނަ މީހުންނަށް ސަލާމް ގޮވުން
  - ކުޑަ ކުދިން ބޮޑެތި މީހުންނަށް ސަލާމް ގޮވުން

މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަމަކީ އެ މުޖުތަމާއުއެއްގެ އަފުރާދުންގެ އުޅުމާއި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެހެން ކަމުން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އޮންނަންޖެހޭ އިޖްތިމާއީ ގުޅުން ހަރުދަނާވެގެން ދިޔުމަށްޓަކައި އެކަކު އަނެކަކާއި ބައްދަލުވެ ފެނިދެނިވުމުން ސަލާމްކޮށް އުޅުމަކީ އިސްލާމދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެގޮތުން ތިމާގެ މުސްލިމު އަހާއާއި އިސްވެ ސަލާމްކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ސަލާމަށް ޖަވާބުދިނުމަކީ ވާޖިބެކެވެ.

ސަލާމްކުރުމަށް ދީނުގައި ވަކި ހާއްސަ އިބާރާތެއް ކަނޑައެޅިފައިވާއިރު، އިސްލާމްދީނުގެ ރިވެތި ސަލާމް ދޫކޮށްލައި، އޭގެ ބަދަލުގައި "ހަލޯ" "ހާއި" ނުވަތަ ހަމައެކަނި ނިތް އަރުވާލުމަކީ ނުވަތަ އަތުން އިޝާރާތް ކޮށްލުމަކީ ﷲގެ ރަހުމަތާއި އެކަލާނގެ އޯގާވަންތަކަން ބޮލާލާ ޖެހުން ކަމުގައި ނޫނީ ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް