ads
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ބައެއް ގޯތިތަކަށް މަގު އަރާތީ ބައެއް މަގު ރީލޮކޭޓްކުރަނީ
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރިއިރު ބައެއް ގޯތި މަގުތަކަށް އަރާގޮތަށް ހުރުމުން އެ މަގުތަށް ރިލޮކޭޓް ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނި ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ބިން ލިބުނު މީހުންނަށް ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، ބައެއް ބިން ކަނޑައަޅާފައިވާގޮތުން، ބިން ކަނޑާ ދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާ ކަމުގަ އެވެ.

އެޗްޑީސީން ބުނީ ބިން ކަނޑައަޅެމުގައި އެކަށީގެންވާ ވަރަށް އާއްމު ހިދުމަތްތަކާއި ގުޅޭ އިންތިޒާމްތަކަށް ނުބަލާ ބިމުގެ އިން ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ސަބަބުން ބައެއް ފަރާތްތަކަށް ބިން ހަވާލުކުރުން ލަސްވަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އަދި މަގުތަށް ހުރަސްވާ ގޮތަށް ވެސް ބައެއް ގޯތިތައް ކުރަހާފައިވާ ކަމަށާއި، ބައެއް ގޯތިތައް ދޫކޮށްފައިވަނީ ބައެއް ޔުޓިލިޓީ ވިއުގައިގެ މައި ހޮޅިތައް އަޅާފައިވާ ހިސާބުތަކުން ކަމަށް ވެސް އޭނާ އެޗްޑީސީން ފާހަގަކުރެ އެވެ.

މީގެ އިތުރުން އެޗްޑީސީން ބުނެފައިވަނީ މިހާރު ބިން ކަނޑައެޅިފައި އޮތް ގޮތަށް ގޯތި ދޫކޮށްފިނަމަ ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ފަދަ ޔުޓިލިޓީ ހިދުމަތަކަށް ނެޓްވޯކް އެޅުމުގެ މަސައްކަތަށް މުސްތަގްބަލުގައި ގެއްލުންވާނެ ކަމަށެވެ. އެހެންކަމުން ގޯތިތަކަށް އަރާގޮތަށް ހުރި ޔުޓިލިޓީ ނެޓްވޯކްތަކަށް ބަދަލުގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ފާހަގަކުރި ގޮތުގައި ބައެއް ގެތައް ކުރަހާފައިހުރީ މަގުތަކާ ގޯޅިތަކަށް އަރާގޮތަށްކަމަށެވެ. އެހެންކަމުން އެފަދަ ސަރަހައްދުތަކަށްވެސް ކޮންމެހެން ވެސް ބަދަލުގެންނަންޖެހޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެގޮތުން މަގަށް އަރާ ގޮތަށް ދޫކޮށްފައިހުރި ގޯތިތައް އަލުން ރީލޮކޭޓްކޮށް، ގޯތި ދިނުމުގައި ހުރި އެފަދަ ހުރަސްތައް ނައްތާލަމުން ދާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 9001 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން 1351 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް