ads
ނިސްޓެލްރޫއީ
ނިސްޓެލްރޫއީ ބޭނުންވަނީ އިގިރޭސި ކްލަބަކަށް ކޯޗުކޮށްދޭން
މެންޗެސްޓަރ ޔުނައިޓެޑްގެ ލެޖެންޑް ރޫޑް ވެން ނިސްޓެލްރޫއީއަށް އެކި ކްލަބުތަކުން ހުށަހެޅި ކޯޗުކަމުގެ ފުރުސަތުތަކަށް ނޫނެކޭ ބުނެފިއެވެ.

މިދިޔަ ސީޒަނަށް ފަހު ހޮލެންޑްގެ ޕީއެސްވީ ދޫކޮށްލި ފަހުން ރޫޑް ވެން ނިސްޓެލްރޫއީ ކޯޗުކޮށްދިނުމުން ދުރުގައި ހުރިއިރު، އޭނާއަށް ޔޫރަޕްގެ ކްލަބުތަކުން ލިބެމުން އަންނަ ފުރުސަތުތައް ދޫކޮށްލަނީ އިގިރޭސިވިލާތުގައި ކޯޗުކޮށްދޭން ބޭނުންވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.  

އުމުރު މިހާރު 47 އަހަރުގެ ލެޖެންޑްވަނީ އޭނާގެ އިރުޝާދުގެ ދަށުން ޕީއެސްވީއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީފައެވެ. 

ވެން ނިސްޓެލްރޫއީ އަކީ 2001 ވަނަ އަހަރު ޕީއެސްވީ އިން ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އޯލްޑް ޓްރެފޯޑްގައި ހޭދަކުރި ފަސް އަހަރު ތެރޭގައި ގިނަ ގޯލް ޖެހި ކުޅުންތެރިއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް