ads
ކާވާގެ އިވެންޓެއްގެ ތެރެއިން
ވޮލީ އިންތިހާބު އަނެއްކާވެސް ފަސްކޮށްފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަނެއްކާވެސް ފަސްކޮށްފިއެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމުގެ އިތުރުން ދެން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ކުރިން ކުރި އިއުލާނު ބާތިލްކުރުމަށް ފަހު، އަލުން އިންތިހާބަށް ކުރިމަތިލާން ހުޅުވާލައި، އިންތިހާބީ ކޮންގްރެސް މިހާރު ބާއްވަން ނިންމާފައިވަނީމި މަހު 26 ގައެވެ. 

މި ގޮތަށް އެސޯސިއޭޝަނުން ނިންމީ، އެންމެ ފަހުން، ވޮލީބޯލް އެސޯސިއޭޝަނުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ކަންކަން ބަލައިނުގަންނަން ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ނިންމަވާފައިވަނިކޮށެވެ. އެ ނިންމެވުމުގެ ފަހުން ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ވޮލީގެ ހިންގާ ކޮމިޓީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އެކުގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. 

އެ ބައްދަލުވުމަށް ފަހު ނިންމީ، ވީއޭއެމްގެ އޮޑިޓްގެ މަސައްކަތް ކުރަން މުހުލަތެއްދިނުމަށް ފަހު، ގާނޫނީ ގޮތުން ދެން ފުރިހަމަވާން ޖެހޭ ކަންކަން ވެސް ފުރިހަމަކޮށް، ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމުގެ ފުރުސަތު ދޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް