ads
ހައްވަ
ކޮމަންޑޫ މެޖިސްޓްރޭޓް ކުޅުދުއްފުށީ ކޯޓަށް
ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހައްވާ އިބްރާހީމް، އަމިއްލައަށް އެދިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ބަދަލުވެއްޖެ އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ، ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ހައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކުރަން ނިންމެވީ ފަނޑިޔާރު އަމިއްލަފުޅަށް އެދިގެންކަމަށެވެ. މެޖިސްޓްރޭޓް އެކަމަށް އެދިވަޑައިގަތީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް ޖޭއެސްސީން ނުދެއެވެ.

ފަނޑުޔާރުން އަމިއްލަފުޅަށް އެދިވަޑައިގެން، މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމަކީ ގަވާއިދުގެ ދަށުން ޖޭއެސްސީން ކުރަމުން އަންނަކަމެކެވެ.

ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ހައްވާ އިބްރާހީމް ޢައްޔަނުކުރެވުނު އިރު ހުންނެވީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައެވެ. ހައްވާ އިބްރާހީމްވަނީ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލްކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް