ads
ރާއްޖެއަށް އެތެރެކުރި މުދާތަކެއް ނެރެނީ ؛ ފޮޓޯ / އެމްޕީއެލް
އެމްޕީއެލް އިން މިއަދު 241 ކޮންޓެއިނަރުގެ މުދާ ބާލައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު 241 ކޮންޓެއިނަރުގެ މުދާ ބާލައިފި އެވެ.

އެމްޕީއެލްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަދު 20 ފޫޓުގެ 105 ކޮންޓެއިނަރާއި 40 ފޫޓުގެ 68 ކޮންޓެއިނަރު ބާލާފައިވާ ކަމުގަ އެވެ.

އެމްޕީއެލްއިން ބޭލި މުދަލުގެ ތަފްސީލް:

351 ބަސްތާ ކެބެޖު

1350 އަރި ދޮންކެޔޮ

1765 ބަސްތާ އަލުވި

2520 ކަރާ ބަސްތާ

1971 ކާޓަނުގެ ބިސް

86 ކްރޭޓުގެ ބަށި

40 ކްރޭޓުގެ ކިއުކަމްބާ

80 ކްރޭޓުގެ އަނބު

774 ކްރޭޓުގެ އަލާނާސި

30 ކްރޭޓުގެ ރޮކް މެލަން

229 ކްރޭޓުގެ ސްވީޓް މެލަން

161 ކްރޭޓު ހަނީ މެލަން

1012 ކްރޭޓުގެ ޓޮމާޓޯ

2 ބަސްޓާ ބީޓް ރޫޓު

1 ބަސްތާ މުރަގަ ތޮޅި

159 ބަސްތާ ބަރަބޯ

2 ކްރޭޓް ދަނޑި ކަށްޓަލަ

މިއަދު އެމްޕީއެލް އިން އެންމެ ގިނައިން ބާލާފައިވަނީ ކަރާއެވެ. އަދި ކޮންމެ ރޯދަ މަހަކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާއިރު، އޭގެތެރޭގައި އެންމެ ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މިދިޔަ އަހަރުގެ ރޯދަ މަހު އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރު ކަމުގައި އެމްޕީއެލް އިން ފާހަގަކޮށްފައިވެ އެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް ނެރެވޭގޮތް ހެދުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް