ads
ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު
މަޝްރޫއުތަކަށް ނުދައްކާ ހުރި 93މިލިއަން ދައްކައިފިން: ޝަފީއު
ސްކޫލްތަކާއި ކްލާސްރޫމްތައް އިމާރާތްކުރުމަށް މިދިޔަ ސަރުކާރުން ފެށި ގިނަ މަޝްރޫއުތަކެއް ފައިސާ ދިނުން ލަސްވެގެން ހުއްޓިފައި ހުރިކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުން ކުރެއްވި ސުވާލަތަކަށް ޖަވާބު ދެއްވަމުންނެވެ. 

ވަޒީރު ޝަފީއު ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ތައުލީމީ ދައިރާއާއި ގުުޅުން ހުރި 107 މަޝަރޫއެއްގެ މަސައްކަތް މިދިޔަ ސަރުކާރުން ފަށާފައިވާކަށެވެ. އެހެންނަމަވެސް ފައިސާ ދިނުން ލަސްވެގެން ގިނަ މަސައްކަތްތަކެއް ހުއްޓިފައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި  ނުދައްކާ ހުރި ފައިސާއިން މިހާތަނަށް 90 މިލިއަން ދައްކާފައިވާކަމަށް ތައުލީމީ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވިއެވެ. 

" އެއީ ގާތްގަޑަކަށް 128 މިލިއަން ރުފިޔާގެ ކޮންމެވެސް ޑީޕޯލްޓްތަކެއް ވެފައި ހުރީ. އަޅުގަނޑުމެން މިހާރު އެންމެ އިސްކަމެއް މި ދެނީ ހުއްޓިފައި ހުރި ހުރިހާ މަޝްރޫއުތަކެއް ފެއްޓުމަށް އެގޮތުން މިހާރު ގާތްގަޑަކަށް އެ ބިލްތަކަށް މިހާރު 90 ވަރަކަށް މިލިއަން އެ 128 މިލިއަންގެ ތެރެއިން އަޅުގަނޑުމެނަށް ޕޭ ކުރެވިއްޖެ." ތައުލީމީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝަފީއު ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގަމުންދިޔަ މަޝްރޫއުތަކާއި މި ސަރުކާރުން ފެށި މަޝްރޫއުތަކާއި އެކު މިހާރު ޖުމްލަ 130 މަޝްރޫއެއް ހިނގަމުން އަންނަކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް