ads
އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ
ކެމްޕޭނު ދަތުރަށް އައިއޭއެފްގެ ހެލިކަޕްޓަރެއް ބޭނުން ކުރުމުން މޯދީ ހޫނު ފެނަށް
ކެމްޕޭނު ދަތުރަށް އިންޑިއަން އެއާ ފޯސް (އައިއޭއެފް) ގެ ހެލިކަޕްޓަރެއް އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދަރު މޯދީ ބޭނުން ކުރުމުން އިންޑިއާގެ ރާޖް ސަބާގެ މެމްބަރެއް ކަމުގައިވާ ސަކެތް ގޯކަލޭ ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ގޯކަލޭ ބުނީ އިންޑިއާގެ އަންދަރު ޕްރަދޭސްގައި ކުރިޔަށް ގެންދާ އިންތިހާބުގެ ކެމްޕޭނު ރެލީއަކަށް ދަތުރުކުރުމަށް މޯދީ އައިއޭއެފްގެ ހެލިކަޕްޓަރެއް ބޭނުން ކޮށްފައި ވާ ކަމަށާއި އެ ކަމާއި ގުޅިގެން އިންޑިއާގެ އިލެކްޝަންސް ކޮމިޝަން އަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މިކަން މިގޮތަށް ކުރުމަކީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ގަވާއިދާ ހިލާފަ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން މޯދީ ޑިސްކޮލިފައިކުރަން ޖެހޭ ކަމަށް އޭނާ ބުނެ އެވެ. 

އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ގަވާއިދުގައި ބުނާ ގޮތުން އިންތިހާބާއި ގުޅިގެން ދައުލަތުގެ އެއްވެސް މެޝިނަރީ އެއް ބޭނުން ކުރުމަކީ ގަވައިދާ ހިލާފަ ކަމަށް އޭނާ ބުނެ އެވެ. 

"ކުރިންވެސް ދައުލަތުގެ މެޝިނަރީތަކެއް ކެމްޕޭނަށް ބޭނުން ކޮށްގެން 1975 ވަނަ އަހަރު އިންދުރާ ގާންދީ ވެސް ވަނީ ޑިސްކޮލިފައި ކޮށްފަ" ސަކެތް ވިދާޅުވި އެވެ

މި ހެލިކަޕްޓަރު ބޭނުން ކުރުމުގެ ކުރިން އެޔަށް ރެންޓު ދައްކާފައިވޭތޯ އާއި ރެންޓު ދެއްކިނަމަ އެ ހެލިކަޕްޓަރު ބޭނުން ކުރަން ޖެހުނީ ކޮން ހާލަތަކާއި ގުޅިގެންތޯ ވެސް އޭނާ ވަނީ ސުވާލުކޮށްފައިވެ އެވެ. 

އޭނާ ބުނީ އާންމުކޮށް ބޭނުންކޮށް އުޅެނީ ވީވީއައިޕީ ހެލިކަޕްޓަރު ނަމަވެސް މި ހާލަތުގައި މި ހެލިކަޕްޓަރު ބޭނުން ކުރެވުނީ ކީއްވެގެންތޯ ވެސް އޭނާ ސުވާލުކުރި އެވެ. 

އޭނާ ބުނީ އީސީން އިލްކެޝަންސްގެ ގަވައިދާ ހިލާފަވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އޭނާ ވަނީ މިކަމާއި ގުޅިގެން އިންޑިއާގެ އިލެކްޝަންސް ކޮމިޝަން އިން އެއްވެސް ފިޔަވަޅެއް އަޅާނެ ތޯ ސުވާލުކޮށްފަ އެވެ. 

ހަތް މަރުހަލާއަކަށް ބަހާލައިގެން ބާއްވާ އިންޑިއާގެ އާންމު އިންތިހާބު އަންނަ އޭޕްރީލް 19 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ އިންތިހާބުތަކާބެހޭ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް