ads
އަހްމަދު ރަޝީދު
އިންތިހާބުގައި ވާދަކުރަން ބޭނުންވެ އަހްމަދު ރަޝީދު ކޯޓަށް
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު، އިންތިހާބުގައި އަލުން ވާދަކުރައްވަން ބޭނުންވެ، އިލެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްފި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދުވަނީ، ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ފޯމް ހުށަހެޅުއްވުމަށް ފަހު، ފަހުން އަނބުރާ ގެންދަވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު ރަޝީދު ނަން އަނބުރާ ނެންގެވީ ރޯދަ މަހު އިންތިހާބު އޮންނާތީއެވެ. އަދި އަލުން އިންތިހާބުގައި ބައިވެރިވާން ބޭނުންވީ އިންތިހާބުގެ ތާރީހު ފަސްކުރުމުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހްމަދު ރަޝީދުވަނީ އެ މައްސަލަ އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައެވެ. އިންތިހާބީ ޝަކުވާގެ މައްސަލައެއް އަހްމަދު ރަޝީދުގެ ނަމުގައި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކަނީ، މި ދިޔަ ހަފްތާގައެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

އަހްމަދު ރަޝީދަކީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް