ads
ދިރާގުގެ ވިން އަ ޓެސްލާ ޕްރޮމޯޝަންގެ ދަށުން ދޭ ކާރު - ފޮޓޯ: ދިރާގު
ދިރާގުން ދޭ ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވުން ބޮޑު އީދުގައި
ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނެގުން އޮންނާނީ އަލްހާ އީދު ދުވަސް ކަމަށްވާ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށް ދިރާގުން ބުނެފި އެވެ.

"ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ލަކީޑްރޯގައި ބައިވެރިވުމަށް ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އެންރޯލް ކުރަން ހުޅުވާލި އެވެ. 

މި ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް 450 އަދި ފައިބަ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ފުރުސަތު ދިނެވެ.

އަދި ލަކީޑްރޯގައި ބައިވެރިކުރާނީ ގުރުއަތު ނަގާ ދުވަހުގެ ނިޔަލަށް ސަބްސްކްރައިބް ކުރި ޕްލޭންގައި މަޑުކޮށްގެންނެވެ. ދިރާގުގެ ޕްރޮމޯޝަނުގައި ދިނުމަށް ހަމަޖެހިފައި ވަނީ ޓެސްލާ މޮޑެލް 2ގެ ކާރެކެވެ. 

ދިރާގު ހެޑް އޮފީހާއި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ދެ އިވެންޓެއްގައި މި ކާރު ވަނީ ދައްކާލައިފަ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި، ތަފާތު އާ ތަޖުރިބާއެއް ފޯރުކޮށްދޭން އެ ކުންފުނިން ލޯންޗު ކޮށްފައިވާ ހަރަކާތެއް ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް